އެކުވެރިންގެ ވާހަކަ ދެއްކުމުގަ މިފަދަ ކަންކަމަށް ސަމާލުކަން ނުދޭނަމަ ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އެކުވެރިންގެ ވާހަކަ ދެއްކުމުގަ މިފަދަ ކަންކަމަށް ސަމާލުކަން ނުދޭނަމަ ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެ!

ކޮންމެ މީހެއްގެވެސް އެކުވެރިން ތިބޭނެއެވެ. އެމީހުންނަށް ކަންކަން ވެސް ކުރިމަތިވާނެއެވެ. އަދި ކުރިމަތިވާ ކަންކަން ކޮންމެވެސް މިންވަރަކަށް އެނގިވެސްދާނެއެވެ. ނަމަވެސް އެފަދަ ކަންކަމުގެ ވާހަކަ ދައްކަންވާނީ ވަރަށް ބޮޑަށް އޮޅުންފިލުވުމަށްފަހުގައެވެ. އަދި އެކުވެރިޔާގެ އިޢްތިރާޒެއްވެސް ނެތް ނަމައެވެ. 

ވަރަށް ފަހުން ހިނގި ކަމެކެވެ. އެކުވެރިއަކަށް އެހެން އެކުވެރިއަކު ވަރަށް އަގުބޮޑު އަނގޮޓިއެއް ދިންކަން އެކުވެރިއަކަށް އެނގުނީއެވެ. އެކަން އެނގުނު އެކުވެރިޔާ އަވަސް އަވަހަށް އެވާހަކަ ފަތުރައިލިއެވެ. 

ނަތީޖާއަކަށްވީ އަނގޮޓި ދިން އެކުވެރިޔާއަށް ގިނަ އެކުވެރިންތަކެއް ނަފްރަތުކުރުމެވެ. އެމީހުންނަށް ނުދިނީތީއެވެ. އަދި އެދެމީހުންގެ މެދުގައި ނުބައި ގުޅުމެއް އޮންނަ ކަމަށްވެސް ބައެއް އެކުވެރިން ތުހުމަތު ކުރިއެވެ.

ނަމަވެސް ޙަޤީޤަތް އެނގުނުއިރު ކަންކަން ވެފައިއޮތީ މުޅީން ތަފާތު ގޮތަކަށެވެ. އެ އަނގޮޓިވީ އެކުވެރިޔާއަތަށް ފައިސާދީގެން ބޭރުން ގެނުވި އަނގޮޓިއަކަށެވެ. އެކުވެރިޔާ ދިން ހަދިޔާއެއް ނޫނެވެ. 

މިފަދަ ކިތަންމެ ކަމެއް ހިނގައެވެ. ވީމާ ފުރިހަމައަށް ކަންކަން ނުއެނގި ވާހަކަ ނުދައްކާށެވެ! އެކަމުގެ ސަބަބުން ކިތަންމެ ބޮޑު ފިތުނައެއް ވެސް އުފެދިދާނެއެވެ. އަދި ފާފަތަކެއް ބޮލުގައި އަޅަންވެސް ޖެހިދާނެއެވެ. 

ދުލަށް ސަމާލުކަން ދޭން އިސްލާމް ދީނުގައި އެހައި ބޮޑަށް އަންގަވާފައި އޮތީ މިފަދަ ސަބަބުތަކަށްޓަކައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން