އެންމެ ފައިދާހުރި މަސައްކަތް: ޢަމަލުތައް އިޞްލާޙުކުރައްވާނެ، ފާފަތައް ފުއްސަވާނެ މަސައްކަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އެންމެ ފައިދާހުރި މަސައްކަތް: ޢަމަލުތައް އިޞްލާޙުކުރައްވާނެ، ފާފަތައް ފުއްސަވާނެ މަސައްކަތް!

ކުރަން އެންމެ ފައިދާހުރި މަސައްކަތަކީ އެމީހަކަށް އެނގޭ މިންވަރަކުން އިސްލާމް ދީނުގެ ދައުވަތު ދިނުމެވެ. ކިތަންމެ ކުޑަ ހެޔޮ ބަހަކުން ނަމަވެސް އަދި ފޮޓޯ/ ވީޑިއޯއަކުން ނަމަވެސްމެއެވެ. އިސްލާމްދީނުގެ ދަޢުވަތު ދޭ މީހާގެ ޢަމަލުތައް އިޞްލާޙުކުރައްވާނެއެވެ! އޭނާގެ ފާފަތައް ފުއްސަވާނެއެވެ!

އެކަން ބަޔާންކުރައްވައި ޝައިޚް މުޙައްމަދު ޝާފިޢޫ ވިދާޅުވެފައިވަނީ މިފަދައިންނެވެ.

ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ -الأحزاب 70-71

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ. (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް އެއިލާހު އިޞްލާޙު ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެއިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ."

ޝައްކެތް ނެތް ގޮތުގައި ސީދާވެގެންވާ ބުނުމަކުން ބަސްބުނާ މީހާއީ ﷲ ގެ މަގަށް ގޮވާލާ މީހާއެވެ. އިސްލާމްދީނުގެ ދަޢުވަތު ދޭ މީހާއެވެ. އެކަން އެގޮތަށް ކުރުމުން ﷲ ތަޢާލާ

• އޭނާގެ ޢަމަލުތައް އިޞްލާޙުކުރައްވާނެއެވެ.

• އޭނާގެ ފާފަތައް ފުއްސަވާނެތެވެ.

ވީމާ، ދަޢުވަތުގައި އުޅޭށެވެ. ޢަމަލުތައް އިޞްލާޙުވުމަށްޓަކައި އެއަށްވުރެ ބޮޑަށް ބާރުއަޅާ ކަމެއް ނެތެވެ. އެހެނީ އެހެން މީސްތަކުންނަށް ދަޢުވަތު ދޭނަމަ، އެކަންކަމަށް ތިބާ ޢަމަލު ކުރަން ތިބާއަށް ކޮންމެހެންވެސް ޖެހޭނެއެވެ.

د.عبد الملك القاسم

--ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން