އަންނަ މަހު އިނގިރޭސިވިލާތުގައި ދުވާލަކު އެއް ލައްކަ މީހުން ޕޮޒިޓިވްވާނެ ކަމަށް ސައިންސްވެރިން ބަލާފައިވާކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.
ރައްކާތެރިކަމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ އިތުރު ތަފްސީލްތައް ހޯމަ ދުވަހު ދެއްވާނެކަމަށް ބެލެވޭއިރު ބޮޑުވަޒީރު ވަނީ މިހައި ގިނަ ބައަކު ބަލިވުމުން ޙާލުބޮޑުވާ މީހުންގެ އަދަދު ގިނަވެ ހޮސްޕިޓަލްތަކުން ޖާގަ ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.
އިނގިރޭސިވިލާތުގައި މިހާރު އަޅާފައިވާ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ދަމަހައްޓަން 54 އިންސައްތަ ރައްޔިތުން ތާއީދުކުރެއެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމުކަމަށްވުމުން މިކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެކަމަށް ބެލެވެއެވެ.