ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަރމާރކެޓް ޗެއިން؛ "ރެޑްވޭވް" ގެ 12 ފިހާރައިގައި 1 ފެބުރުއަރީ އިން 30 މެއިގެ ނިޔަލަށް ކުރިއަށްގެންދިޔަ "ރެޑްވޭވް ރޯދަސޭލް 2021" ޕްރޮމޯޝަން ނިމި، ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ. މި ލަކީޑްރޯ ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވް މެގަމޯލް ގައެވެ. އަދި ރެޑްވޭވްގެ ފޭސްބުކް ޕޭޖުން މި އީވެންޓު ވަގުތުން ދައްކާފައިވެއެވެ.
މިޕްރޮމޯޝަންގައި ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކުރެވިފައެވެ. އެގޮތުން އެތައްހާސް ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން 20 އިނާމް ހައްޤުވާ 10 ފަރާތެއްވަނީ ހޮވާފައެވެ. މީގެ އިތުރުންވެސް 10،000ރ ފައިސާގެ އިނާމް ހައްޤުވާ 5 ފަރާތެއްވަނީ ހޮވާފައެވެ. އަދި މުބާރާތުގެ އެންމެ އަގުބޮޑު އިނާމް؛ 100،000ރ ގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި ފަރާތްވެސް ވަނީ މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ހޮވާފައެވެ. އެގޮތުން މި އިނާމްގެ ހައްޤުވެރިފަރާތަކަށް ވެގެންދިޔައީ "އަބްދުލް ބާރީ" (ކޫޕަން ނަމްބަރ: 0131069) އެވެ.
މި އިނާމްތަކުގެ އިތުރުން، ރެޑްވޭވް ރޯދަ ސޭލްގެ ތެރޭގައި ރެޑްވޭވްގެ ފޭސްބުކްގެ ޕޯސްޓްތަކަށް ލައިކް އަދި ޝެއަރކޮށް – ޓޮޕްފޭން ބެޖް ހޯދިފަރާތްތަކަށް، 5 ނަސީބުވެރި ފަރާތެއްވަނީ ހޮވާފައެވެ. އެގޮތުން 1 ވަނައަށް 55 އިންޗި ތޮޝިބާ ޓީވީއެއް ވަނީ ލިބިފައެވެ. އެގޮތުން މި އިނާމް ލިބިގެންގޮސްފައިވަނީ "ތާއިއު ރަޝީދަ"ށެވެ. ހުރިހާ އިނާމެއްގެވެސް އިތުރު ތަފްސީލް ރެޑްވޭވް ގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ލިބިގެންދާނެކަމުގައި ރެޑްވޭވްއިން މައުލޫމާތުދެއެވެ.
ރެޑްވޭވްއިން މައުލޫމާތު ދެއްވާގޮތުގައި މިއަހަރުގެ ރެޑްވޭވް ރޯދަސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ. އަދި މިހާރު ޔޫރޯއާއި ދިމާކޮށްގެންދާ އިންގެންދާ ހައިސެން ޕްރޮމޯޝަން ފަދަ އެތައް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެކަމުގައި ރެޑްވޭވުން މައުލޫމާތު ދެއެވެ.
