އެކުގަ ރޭ އަޅުކަންކުރާ، އަދި އެކުގަ ދުޢާކުރާ ދެމަފިރިން ވަރިވިކަން އެނގިފައެއް ނެތް! ފެނިއްޖެނަމަ އަންގައިލަދޭތި!: ޑރ. ޢަބްދުﷲ ޙާކިމް ކްއިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އެކުގަ ރޭ އަޅުކަންކުރާ، އަދި އެކުގަ ދުޢާކުރާ ދެމަފިރިން ވަރިވިކަން އެނގިފައެއް ނެތް! ފެނިއްޖެނަމަ އަންގައިލަދޭތި!: ޑރ. ޢަބްދުﷲ ޙާކިމް ކްއިކް

ކުރުކޮށްލާފައި ބުނާނަމަ ދެމަފިރިންގެ ކައިވެނި ކާމިޔާބު ވުމުގެ އަޞަލަކީ ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިން ކައިވެނިކުރުމެވެ.  ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިން ކުރި ކައިވެންޏެއް ރޫޅިގެންދާނީ ވަރަށް މަދު ޙާލަތެއްގައެވެ. އެފަދަ ކައިވެންޏެއް ރޫޅުމަކީ ވަރަށް ނާދިރު ކަމެކެވެ. އެފަދަ ކައިވެންޏެއްގައި ދެމިތިބިނަމަ ދެން ކުރިމަތިވާ ހުރިހާ މައްސަލަތަކެއް ވެސް ދާނީ ޙައްލުކުރެވެމުންނެވެ. 

އެންމެ ކާމިޔާބު ކައިވެނިތަކުގެ އެންމެ ބޮޑު ސަބަބަކަށްވެފައި އޮންނަނީ ދެމަފިރިން އެކުގައި ދުޢާކުރުމެވެ. ދެމަފިރިނަ އެކުގައި ތިބެ ދުޢާ ކުރާ ދެމަފިރިއަކު ނިކަމެތިވުމަކީ ވަރަށް ނުވާނެ ކަމެކެވެ. އެފަދަ ދެމަފިއަކު ދެކޮޅުވެރިވެ ވަކިވުމަކީވެސް ވަރަށް ނާދިރު ކަމެކެވެ. ވީމާ ދެމަފިރިނަ އެކުގައި ތިބެ ދުޢާކުރުމަކީ ކައިވެނި ދެމެހެއްޓުމުގެ އެންމެ ކާމިޔާބު ވަސީލަތެވެ! 

ބައެއް މީހުން އެމީހުންގެ ކައިވެނިކުރަން ބޭނުންވާ މީހާގެ ސިފަތައް ކަނޑައަޅައި ނިންމާއިރު އަންހެން މީހާގެ ހުންނަން ނުޖެހޭ އެއްވެސް ސިފައެއް ވާކަމަކަށް ނުވެއެވެ. ޢިލްމުވެރިވާންޖެހެއެވެ. ކީރިތި ޤްރުއާން ހިތުދަސްވާން ޖެހެއެވެ. ރުޅި މަޑު ކެތްތެރި، ކިޔަމަންތެރިއަކަށްވެސް ވާން އެބަ ޖެހެއެވެ. އަދި ރީތީގެ ރާނީއަކަށްވެސް ވާން ޖެހެއެވެ. މިހެން ގޮސް ހުރިހާ ކަމަކުން ދުނިޔޭގެ އެންމެ ފުރިހަމަ އަންހެނާއަށް ވާންޖެހެއެވެ.

އަހަރެންގެ ސުވާލަކީ މިހުރިހާ ސިފަތަކެއް އަނބިމީހާގެ ގައިގައި ހުންނަން ޖެހޭނެ ކަމަށް ބުނާއިރު ތިމާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އަނބިމީހާގެ ގައިގައި ހުންނަން ތިއަ ކަނޑައަޅާ އެއްވެސް ސިފައެއް ތިމާގެ އަމިއްލަނަފުސުގައި އެބަހުރިހެއްޔެވެ؟ އެންމެ ފުރަތަމަ ބަލަންވީ އެކަމެއް ނޫން ހެއްޔެވެ؟ 

ކައިވެނިކުރާއިރު ދެމީހުންވެސް ބަލަންޖެހޭނީ ތަޤްވާވެރިކަމަށެވެ. ރިވެތި އަޚްލާޤަށެވެ. އެކަންކަން އެކެއްގެ ކިބައިގައި ހުރެގެން ނުފުދޭނެއެވެ. ފުދޭނީ ދެ މީހުންގެ ކިބައިގައިވެސް ހުރެގެންނެވެ. ކޮންމެ މީހަކީ ޢިލްމުވެރިއަކަށް ނުވެވިދާނެއެވެ. ނަމަވެސް ކޮންމެ މީހަކީވެސް ކީރިތި ޤްރުއާނަށް ލޯބިކުރާ މީހަކަށް ވާންޖެހޭނެއެވެ. ރުޅިމަޑުކަމާއި ކެތްތެރިކަމާއި ކިޔަމަންތެރިކަން ދެމީހުންގެ ކިބައިގައިވެސް ހުންނަން އެބަޖެހެއެވެ. ބޭރުފުށުގެ ރީތިކަމަކީ އެއްވެސް މުހިންމު ސިފައެއް ނޫނެވެ. އެއީ ހަމަ ދާދި އަވަހަށް ގެއްލިގެން ހިނގައިދާނެ ކަމެކެވެ. 

- ޑރ. ޢަބްދުﷲ ޙާކިމް ކްއިކް

މިއަދު އޮންލައިން