ވަރަށް ގިނަ ކަނބަލުން ގުޅާފައި ފިރިމީހާ ސުންނަތަށް ޢަމަލުކުރަން ދެ އަނބިން ހަމަކުރަން އުޅޭ ކަމުގެ ވާހަކަދައްކައެވެ. ހުއްދަ ނުދީފިނަމަ އެކަނބަލުންނަށް ޢަޛާބު ލިބިދާނެ ކަމާއިމެދުވެސް ސުވާލުކުރެއެވެ.
ޤަބޫލުކުރަން އުނދަގޫވިނަމަވެސް އެވާހަކަ ދައްކާއިއރު ހިތަށް ލިބޭ ވޭނަށް ކެތް ނުކުރެވިގެން އަޑުން ނަގާ ރޮވޭ ކުދިން ވަރަށް ގިނައެވެ. ބައެއް ކުދިންނަށް އަނބުރައި ގަތުންފަދަ ކަންކަން ކުރިމަތިވާތީ މިހާރު އަހަރެން ވާހަކަ ދައްކާނަމަ އެތަނުގައި ދެވަނަ މީހަކު ބަހައްޓަންވެސް ބާރުއަޅަމެވެ.
އެހެންކަމުން ދެވަނަ ކައިވެނި ކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ބައެއް ސުންނަތްތައް ފާހަގަކޮށްލާނަމެވެ.
1- ރަވާތިބު ސުންނަތުގެ 12 ރަކްޢަތްކުރުން
2- ރޭ އަޅުކަންކުރުން
3- ސުންނަތް ރޯދަތައް ހިފުން (ހޯމް ބުރާސްފަތި 13،14،15)
ދެން މިފާހަގަކޮށްލަނީ ގޭތެރޭގައި ކޮންމެހެން އަދާކުރަންޖެހޭ ބައެއް ސުންނަތްތަކެވެ.
1- އަނބިދަރިންނާ ބައްދަލުވާއިރު ހިނިތުންވެގެން ހުރުން
2- އަނބިދަރިންނަށް އޯގާތެރިވުން
3- ރުޅި ނައުމާއި ކޮންމެ ކަމެއްގައިވެސް މަޑުމައިތިރިކަމާއި ކެތްތެރިކަން އިސްކުރުން
4- ގެވެށި މަސައްކަތްކުރުން / އަނބި މީހާއަށް އެހީތެރިވުން
5- މިހާރު ހުރި އަނބިމީހާއަށް ވަގުތުދީ އޭނާ އާއިއެކު އެއް ވަގުތެއްގައި އެއްދާނުގައި ނިދާ މީހަކަށްވުން
6- ލިބޭ އާމްދަނީއަށް މަކަރު ނުހަދާ އިސްރާފްނުކޮށް އަނބިދަރިންނަށް ޚަރަދުކުރުން
މި ސުންނަތްތައް ފުރިހަމަކުރަމުން ނުގެންދެވޭނަމަ ދެވަނަ ަކއިވެންޏެއް ކުރުމުގެ ސުންނަތް ޙާޞިިލުކުރަން މަސައްކަތްކުރުމުން ކުރާނެ ފައިދާއަށް ބޮޑުވާނީ ލިބޭނެ ގެއްލުމެވެ. ސިކުނޑިއަށް ލިބޭނީ އިތުރު ތަކްލީފެވެ. އަނބިން ހުއްދަދޭއިރު ވެސް މި ޗެކްލިސްޓަށް ބަލައިލުން ރަނގަޅުވާނެއެވެ. މިއީ އެންމެ މަދު މިންވަރެވެ. އެންމެ ކުޑަ ޗެކްލިސްޓެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން