ނަރަކައިން ސަލާމަތްކޮށްދޭ އަދި ފުރިހަމަ ޞިއްޙަތާ ދުނިޔޭގެ އުފާވެރިކަން ހޯދައިދޭ ގުނަވަނަކަށް އަނގަ ހަދަން ބޭނުންނަމަ މިކަންކަމަށް ވިސްނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ނަރަކައިން ސަލާމަތްކޮށްދޭ އަދި ފުރިހަމަ ޞިއްޙަތާ ދުނިޔޭގެ އުފާވެރިކަން ހޯދައިދޭ ގުނަވަނަކަށް އަނގަ ހަދަން ބޭނުންނަމަ މިކަންކަމަށް ވިސްނާށެވެ!

އަނގައިން އެތެރެކުރާ ތަކެތި: 

ކޮންމެ މީހަކު ވެސް އަނގައިން އެއްޗެއް އެތެރެކުރާނަމަ އެތެރެކުރާނީ އެންމެ މީރު އެއްޗެކެވެ. ޚާއްޞަކޮށް ފުރާނައަށް ގެއްލުން ދޭނެ އެއްވެސް އެއްޗެއް އެތެރެ ނުކުރާނެއެވެ. ވިހަވާނެ އެއްޗެއްވެސް އެތެރެ ނުކުރާނެއެވެ. 

ނަމަވެސް ޞިއްޙަތަށް ގެއްލުންދޭ ތަކެތި އެތެރެކުރެއެވެ. ނަތީޖާއެއްގެ ގޮތުން ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ޖެހެއެވެ. ފުއްޕާމެއާއި ފުރަމޭ އަދި ހިތާއި މޭ ފަދަ މުހިންމު ގުނަވަންތަކަށް ބޮޑެތި ގެއްލުންތައް ލިބި ފުރާމައަށް ނުރައްކާވެސްވެއެވެ. ނަތީޖާއަކީ އަނގައިން އެތެރެކުރެވޭ އެއްޗެތީގެ ސަބަބުން މީހާގެ ޞިއްޙަތަށް ގެއްލުން ލިބި ފުރާނައަށް ނުރައްކާވުމެވެ. 

ދެން އޮތީ އަނގައިން އެތެރެކުރެވޭ އެންމެ ގެއްލުންހުރި ބާވަތްތަކެވެ. އެއީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ތަކެއްޗެވެ. ޙަރާމް ގޮތުގައި ހޯދާ ތަކެއްޗެވެ. މިފަދަ ތަކެތި އަނގައިން އެތެރެކުރުމުން (ކައިބޮއި ހެދުމުން) ނަރަކައަށް ވަންނަން ޖެހެއެވެ. 

އަނގައިން ބޭރުކުރާތަކެތި: 

އަނގައިން އެތެރެކުރާ ތަކެއްޗަށް ދިން ސަމާލުކަން އަނގައިން ބޭރުކުރާ ތަކެއްޗަށް ވެސް ދޭން ޖެހެއެވެ. ހަޤީޤަތުގައި އަނގައިން އެތެރެކުރާ ތަކެއްޗަށް ދޭ ސަމާލުކަމަށްވުރެ މާ ބޮޑު ސަމާލުކަން އަނގައިން ބޭރުކުރާ ތަކެއްޗަށް ދީގެން ނޫނީ ކުރިމަތިވާނެ ނުރައްކާ މާބޮޑެވެ! 

އަނގައިން ބޭރުކުރާ ތަކެއްޗަކީ ކޮބައި ހެއްޔެވެ؟ އެއީ ދުލުން ބުނާ ބަސްތަކެވެ. މިއީ އެންމެ ބޮޑަށް ބިރުގަންނަން ޖެހޭ ކަންތަކެވެ. ދުލުން ބުނެވޭ އެންމެ ބަހެއްގެ ސަބަބުން ނަރަކައަށް ވެސް ދާން ޖެހިދާނެއެވެ. ކުފުރުވެވި ތައުބާވާންވެސް ޖެހިދާނެއެވެ. ކުއްވެރިވެ ޙައްދު ޖަހަންވެސް ޖެހިދާނެއެވެ!

މީގެ އިތުރުން ޢާއިލާ ރޫޅި މުޅި ދިރިއުޅުން ވެސް ހަލާކުވެދާނެއެވެ! މިބުނަނީ ވިސްނާ ނުލައި ބުނެވޭ ބަހަކުން އަނބި މީހާ ވަރިކުރެވިއްޖެ ނަމަ ލިބިދާނެ ބޮޑު ގެއްލުމުގެ ވާހަކައެވެ. ގިނަ ބައަކަށް އެ ބޮޑު ގެއްލުން ވެސް މިލިބެނީ ހަމަ އަނގައިގެ ސަބަބުންނެވެ. ވީމާ އެންމެ ބޮޑަށް ފާރަވެރިވާން ޖެހޭ އެއް ގުނަވަނަކީ ތިމާގެ އަނގައެވެ.

ދުލާއި ޖިންސީ ގުނަވަން ރައްކައުތެރިކޮށްފި މީހަކު ނަރަކައިން ސަލާމަތްކުރެއްވެވުމަށް ތިމަން ރަސޫލާ ޖާމިނުވެވަޑައިގަންނަވާނެ ކަމަށް އޮތް ޙަދީޘްފުޅުން ލިބެން އޮތް ފައިދާ ހާޞިލުކޮށް ސުވަރުގެ ވަދެވޭނީ ދުލަސް ރައްކައުތެރިވެވިގެންނެވެ. 

“Whoever can guarantee [to protect] what is between his jaw [i.e. the tongue] and what is between his legs [i.e the private parts], I will guarantee him Jannah.”

(Sahih Bukhari, Hadith: 6474, 6807)

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން