ޤިޔާމަތްވުމުގެ ވަޤުތު: ޝައިޚް ޢުމަރު އަލްބަނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޤިޔާމަތްވުމުގެ ވަޤުތު: ޝައިޚް ޢުމަރު އަލްބަނާ

ކޮންމެ މުސްލިމަކުވެސް ޤިޔާމަތްވުމާއިމެދު ކަންބޮޑުވެއެވެ. ދުނިޔެ ނިމިގެންދާނެ ގޮތާއި ޤިޔާމަތް ދުވަހު ކަންކަން ހިނގައިދާނެ ގޮތުގެ މައުލޫމާތު އޮޅުންފިލުވައެވެ. އެއީ ކުރަން ހަމަ ވަރަށް ރަނގަޅު ކަންކަމެވެ. އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހާއިމެދު ހިތުގައި ބިރުވެރިކަން އުފެދޭނެތީއެވެ. ތަޤްވާވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ހިތްވަރު އިތުރުވާނެތީއެވެ. މަރު ހަނދާންވުން ގިނަވާނެތީއެވެ! 

ބައެއް މީހުން މައުލޫމާތު ހޯދަންވެގެން ޟަޢީފް ޙަދީޘްފުޅުތައް ވެސް ބަލައެވެ. އެއީ ކުރަން ބޭނުން ކަމެއް ނޫނެވެ. ކީރިތި ޤުރްއާނާއި ފެންނަންހުރި ޞަހީޙް ޙަދީޘްފުޅުތަކުން ފުއްދައިލާށެވެ. އެވަރުން ފުދޭނެއެވެ. ވީމާ ވަގުތު ބޭކާރުކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. 

އެއްކުރާ މައުލޫމާތުގެ މައްޗަށް އަމަލުކުރަން ޖެހޭނެއެވެ. އެންމެ މުހިންމީ އެއްކުރާ މައުލޫމާތުގެ މައްޗަށް އަމަލުކުރުމެވެ. އެއް ދުވަހަކު ރަސޫލް (ﷺ) އަރިއަހަށް މީހަކު ގޮސް ޤިޔާމަތް ވާނު ވަގުތަކާއިބެހޭ ގޮތުން ސުވާލު ދެންނެވިއެވެ. ސީދާ އެވަގުތު އެނގިވަޑައި ނުގެންނެވި ނަމަވެސް ވަރަށް ގިނަ ކަންކަން އެނގިވަޑައި ހުންނަވައިމެ އޭނާއަށް އެކަމުގެ ތަފްޞީލް ދެއްވެވުމުގެ ބަދަލުގައި ކުރެއްވެވީ ވަރަށް ކުރު ސުވާލެކެވެ. "އެދުވަހަށްޓަކައި ތިބާ ތައްޔާރުކުރީ ކޮން ކަމެއް؟" ތޯއެވެ.  

މިކަމުންވެސް އެނގިގެންދަނީ ޤިޔާމަތްވާނެ ވަގުތު ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި އިސްކަންދޭންވީ އެދުވަހަށް ތައްޔާރުވުން ކަމެވެ. އޮތީ ވީހައި ގިނަ ހެޔޮ އަމަލުކުރަން މަސައްކަތްކުރުން ކަމެވެ. 

ޢިލްމުވެރިންނާއި އެންމެ ގިނައިން ސުވާލުކުރެވޭ ކަންކަމުގެ ތެރޭގައި ފަހުޒަމާނުގެ ވާހަކަތަކާއި ޤިޔާމަތްވުމުގެ ކަންކަން ހިމެނެއެވެ. އެންމެ ގިނައިން އަޑުއަހާ ދަރުސްތަކުގެ ތެރޭގައި އެކަންކަމުގެ ވާހަކަ ދެކެވޭ ދަރުސްތައް ހިމެނެއެވެ. ސުވާލަކީ މައުލޫމާތު އޮޅުންފިލުމުން ތިމާގެ ހިތަށް ބިރުވެރިކަން ވެދޭހެއްޔެވެ؟ ފާފަކުރުމާއި ދުރުހެލިވެ ހެޔޮ ޢަމަލުކުރުން އިތުރުވޭހެއްޔެވެ؟ މަސައްކަތްކުރަންވީ ބިރުގަންނަކަން ޢަމަލުތަކުން ދެއްކުމަށެވެ. ފައިދާކުރާނީ އެއިރުންނެވެ. 

- ޝައިޚް ޢުމަރު އަލްބަނާގެ ދަރުސަކުން

މިއަދު އޮންލައިން