ދަރިން ނުލިބިގެން ހިތްދަތިވެ މާޔޫސްވާ މީހުން މުފްތީ މެންކުގެ މިބަސްކޮޅަށް ވިސްނައިފިނަމަ ހިތްދަތިކަން ފިލާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދަރިން ނުލިބިގެން ހިތްދަތިވެ މާޔޫސްވާ މީހުން މުފްތީ މެންކުގެ މިބަސްކޮޅަށް ވިސްނައިފިނަމަ ހިތްދަތިކަން ފިލާނެ! އިން ޝާ ﷲ

މިއީ އަހަރެންގެ ގާތް މީހަކަށް ކުރިމަތިވި ކަމެކެވެ. އޭނާވަނީ އޭނާއަށް މެދުވެރިވި ގޮތުގެ ވާހަކަ ދައްކައި މީސްތަކުން ހޭލުންތެިކޮށްދިނުމަށް އެދިފައެވެ. މިވާހަކަ މިދައްކަނީ އޭނާގެ އެދުމުގެމަތިންނެވެ. 

އެދެމަފރިންނަށް ދަރިއަކު ނުލިބެއެވެ. އެހެންވެ މެދުކެނޑުމެއް ނެތި ދުޢާކުރަމުން ގެންދާތާ އެތައް އަހަރެއްފަހުން ދަރިއަކު ދެއްވެވިއެވެ. ނަމަވެސް ޖެނެޓިކް މައްސަލަތަކެއް ހުރި ކުއްޖެކެވެ. ދެވަނަ ދަރިއަކުވެސް ދެއްވެވިއެވެ. ނަމަވެސް ޖެނެޓިކް މައްސަލަ ހުރި ކުއްޖެކެވެ. އެހިސާބުން އޭނާ ދުޢާކުރީ އޭނާއަށް ދަރިއަކު ނުދެއްވެވުން އެދިއެވެ. 

މިމިސާލުގައި ފާހަގަމިކުރަނީ ދަރިއަކު ދެއްވެވުން އެދި ދުޢާނުކުރުމަކަށް ނޫނެވެ. ދަރިން ނުލިބޭނަމަ ދުޢާކުރަންވާނެއެވެ. ދަރިން ލިބޭތޯ ޞިއްޙީ ގޮތުން ހޯދެން އޮތް ފަރުވާއެއްވެސް ހޯދަންވާނެއެވެ. ނަމަވެސް ފާހަގަކުރަން ބޭނުންވަނީ އެކަމަށް ކުރެވެން ހުރި މަސައްކަތްކޮށް އަދި ދުޢާކުރުމުން ވެސް ހިނަމަވައި ނުދެއްވެވިނަމަ މާޔޫސްނުވުމަށެވެ. ހިތާމަނުކުރުމަށެވެ. 

ތިމާ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހުރެ މަސައްކަތްކޮށް ދުޢާކުރުމުން ހިންމަވައި ނުދެއްވެވި ނަމަ ޤަބޫލުކުރަންވީ އެކަން ހިންމަވައި ނުދެއްވަވަނީ ތިމާއަށް ހުރި އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމުގައިވާތީ ކަމަށެވެ. ﷲ ތަޢާލާގެ މިންވަރުފުޅަށް އީމާންވުމަކީ އެއީއެވެ. އެދޭކަމެއް، އެދޭ ގޮތަށް ހިންމަވައި ނުދެއްވަވައިގެން ހިތާމަކުރެވޭނަމަ އެއީ އީމާންކަމުގެ މައްސަލައެކެވެ. ތަޤްވާވެރިކަން ކުޑަކަމުގެ ހެއްކެކެވެ. މަސައްކަތްކުރަންވީ ފުރިހަމައަށް އީމާންވާ އަދި ތަްްވާވެރިއަކު ކަމުގައިވުމަށެވެ. އުފަލުގައި ހުރެވޭނީ އެއިރުންނެވެ.

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން