އެންމެ ބޮޑަށް ހިތްދަތިވާނީ އެންމެ ގާތް މީހުން ނަފްރަތުގެ ބަސްބުނެ ދެރަދިނުމުން- އެންމެ ގިނައިން ކުރިމަތިވަނީވެސް އެކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެންމެ ބޮޑަށް ހިތްދަތިވާނީ އެންމެ ގާތް މީހުން ނަފްރަތުގެ ބަސްބުނެ ދެރަދިނުމުން- އެންމެ ގިނައިން ކުރިމަތިވަނީވެސް އެކަން!

ކޮންމެ މީހަކަށްވެސް އެންމެ ބޮޑު އުފަލެއް ލިބޭނީ ޢާއިލާގެ މީހުންނާއި އެންމެ ގާތް މީހުން ހެޔޮއެދިގެން ބަސްބުނުމުންނެވެ. ހެޔޮ އެދިގެން ކަންކަން ކޮށްދިނުމުންނެވެ. އެހީތެރިވުމުންނެވެ. ނަމަވެސް އެކަންކަން ލިބުމަކީ މިއަދު ވަރަށް މަދުން ނޫނީ  ޙާޞިލުކުރެވޭ ކަންކަމެއް ނޫނެވެ.

އެންމެ ދެރަވާނީވެސް ޢާއިލާގެ މީހުންނާއި އެންމެ ގާތް މީހުން ނަފްރަތުގެ ބަސްބުނެ ދެރަދިނުމުންނެވެ. ގިނައިން މިއަދު މެދުވެރިވަނީ އެގޮތެވެ، ނަފްރަތުކުރަނީވެސް ހެޔޮނޭދެނީވެސް ދެރަ ދެނީވެސް އެންމެ ގާތް މީޙުންނެވެ. 

އެއީ އިންސާނުންގެ ހިތްތައް ހަސަދައިން ފޯވަމުންދާތީއެވެ. ކިތަންމެ ގާތް މީހަކަށް ނަމަވެސް ރަނގަޅު ގޮތެއް މިންވަރު ކުރެއްވެވުމަށް ނުއެދެވޭތީއެވެ. އެއީ ކިހައިވަރެއްގެ ބޮޑުފާފައެއްކަން އެނގޭއިރުވެސް ބިރުވެތިނުވެވޭތީއެވެ. 

ޙައްލަކީ ޢާއިލާގެ މީހުންނާ އެންމެ ގާތް މީހުންގެ ކިބައިންވެސް ގިނައިން ލިބޭނީ ނަފްރަތުކަން ޤަބޫލުރުމެވެ. ދޭނީ ދެރަކަންވެސް ޤަބޫލުކޮށްގެން ހުރުމެވެ. ތިމާގެ އަމިއްލަ ނަފުސް ފިޔަވައި ތިމާއަށް އެދޭނެ މީހަކު ނެތްކަމަށް ޤަބޫލުކުރުމެވެ. 

ޙައްލަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާއި އެހީތެރިވެވޮޑިގަތުން ހޯދަން ކުރާ މަސައްކަތް އިތުރުކުރުމެވެ. އެމީހަކު ޙައްޤު ގޮތުގައި ހުއްޓައި އެއްވެސް ދެރަގޮތެއް އިރާދަ ނުކުރައްވަވާނެކަން ޔަޤީންކުރުމެވެ. ވީމާ ޙަޔާތުގެ ހުރިހާ މަރުޙަލާތަކެއްގައި އެންމެ ބޮޑު ސަމާލުކަމެއް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމަށް އެދިގެން ދިރިއުޅެމުން ގެންދާށެވެ. އެއިރުން އެއްވެސް ކަމަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން