ފަތަން ޖަހާ މިޔުޒިކާ ފަތަންލާ ބަރަހަނާ ހެދުން, ޤިޔާމަތް ދުވަހު ފަތަންޖެހޭ ތިބާގެ އަމިއްލަ ދަލުގެ ކޯރަށް ތިބާ އިތުރަށް ޣަރަޤުކުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ފަތަން ޖަހާ މިޔުޒިކާ ފަތަންލާ ބަރަހަނާ ހެދުން, ޤިޔާމަތް ދުވަހު ފަތަންޖެހޭ ތިބާގެ އަމިއްލަ ދަލުގެ ކޯރަށް ތިބާ އިތުރަށް ޣަރަޤުކުރުވާނެ!

އެދުވަހުން އިރު މީސްތަކުންނާއި މޭލެއްގެ ދުރުމިނަށް ގާތް ކުރެވިގެންވާނެއެވެ. އަދި މީސްތަކުން އެބައިމީހުންގެ ޢަމަލުތަކާ އެއްވަރަށް ދަލުގެ ތެރޭގައި ވާނެއެވެ. 

އެއްބައެއްގެ ފައިގެ ކުޑަ ހުޅާހަމައަށް ދާ ހުންނައިރު އަނެއްބައެއްގެ ކަކުލާހަމައަށް ދާހުންނާނެއެވެ. އަދި އަނެއްބައެއްގެ އުނަގަނޑާ ހަމައަށެވެ. އަދި އަނެއްބަޔަކު އެކީ ދަލުގެ ތެރޭގައި ޣަރަގުވެފައި ވާނެއެވެ. 

އެދައުތަކުގެ ތެރޭގައި ފަތާއިރު ދުނިޔޭގައި ފަތަންޖެހި މިޔުޒިކާއި ފަތަން އެޅި ބަރަހަނާ ހެދުން ތިބާ އިތުރަށް ފެންގަނޑަށް ޣަރަޤުކުރުވާނެތެވެ. ވަކިކަމެއް ނޫނެވެ. ތިބާ ކުރި ހުރިހާ ފާފަތެކެވެ. މިޔުޒިކާއި ގުޅުވާލަން މިޖެހުނީ ޝައިޠޯނާ ކަންކަން ފަރުމާކޮށް ތަރައްޤީޚުރަމުން އަންނަ ގޮތުން މިހާރު ފެތުމުގެ ކަސްރަތުގެ ފައިދާވެސް ކުރަނީ އިބިލީހުގެ އަޑުފޮށިބަހައްޓައި އަޑު އިއްވުމުންނެވެ. އެންމެ ބޮޑަށް ފައިދާކުރާކަމަށްވަނީ ބިކިނީ، ޓައިޓް ފަދަ ފޭރާން ލައި ބަރަހަނާވެސް ވާންކެރުނުވަރަކުންނެވެ. 

ވިސްނައިލާށެވެ! 50،000 އަހަރަށް ދެމިގެންދާ ޤިޔާމަތްދުވަހު 50،000 އަހަރު ނިމި ނަރަކައަށް ވައްދަވަންދެން އެ 50،000 އަހަރު އެކުގައި ފަތަންޖެހުނު ނަމަވެސް މަރެއްވެސް ނުވެވޭނެތެވެ! ޖެހޭނީ ހަމަ ފަތަފަތައި އޮންނާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން