ބިލެއްގެ ބޮލުގަ އަޅުވާފަ މަނާކުރަން މަސައްކަތްކުރަނީ އީމާންކަމުގެ އެންމެ ދަށުދަރަޖައަށް ޢަމަލުކުރަން ހުރަސްއަޅަންކަން ޙަދީޘުން ސާބިތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ބިލެއްގެ ބޮލުގަ އަޅުވާފަ މަނާކުރަން މަސައްކަތްކުރަނީ އީމާންކަމުގެ އެންމެ ދަށުދަރަޖައަށް ޢަމަލުކުރަން ހުރަސްއަޅަންކަން ޙަދީޘުން ސާބިތު!

މަޖިލީހަށް ބިލެއް ހުށަހަޅައިގެން ޤާނޫނެއް ފާސްކޮށްގެން ސަރުކާރުން މަނާކުރަން އެ މަސައްކަތްކުރަނީ އީމާންކަމުގެ އެންމެ ދަށުދަރަޖައަށް ޢަމަލުކުރުންކަން މިއަދުގެ ޚުޠުބާގައި ބަޔާކުރި ޙަދީޘްފުޅުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. 

އެކަން އެނގެނީ ޚުޠުބާގައި ހާމަކޮށްފައިވާ މި ޙަދީޘްފުޅުންނެވެ.

ރަސޫލު الله z ޙަދީޘް ކުރައްވާފައި ވެއެވެ. (مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيْمَانِ)[1] 

މާނައީ: "ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެ ނަމަ، ފަހެ އެމީހެއްގެ އަތުން އެކަން މަނާކުރާށެވެ! އަތުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާ، ދުލުން އެކަން މަނާކުރާށެވެ! ދުލުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާ ހިތުން އެކަމަށް އިންކާރުކުރާށެވެ! އެއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ."

މިއަދުގެ ޚުޠުބާގައިވެއެވެ!: 

އިސްވެދިޔަ ޙަދީޘުގައި ބަޔާންކުރެވިފައިވާ، ތިން ޙާލަތުން ކުރެ ފުރަތަމަ ޙާލަތަކީ، އަތުން މަނާކުރުމުގެ ޙާލަތެވެ. ބާރާއި އިޚްތިޔާރު އޮންނަ ފަރާތްތަކަށް، މުންކަރާތް މަނާކުރުމުގައި ބާރުގެ ބޭނުން ކުރެވޭނެއެވެ. ގޭތެރޭގައި ހިނގާ ވިޔާނުދާ ޢަމަލުތައް، ގޭގެ ވެރިފަރާތަށް ހުއްޓުވޭނެއެވެ. ޤައުމުގައި ހިނގާ މުންކަރާތްތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވަން ޖެހޭނެއެވެ. ދެވަނަ ޙާލަތަކީ ދުލުން މަނާކުރުމުގެ ޙާލަތެވެ. އަތުންމަނާ ކުރުމުގެ ބާރާއި އިޚްތިޔާރު ނެތް ފަރާތްތައް، މުންކަރާތާ ދެކޮޅަށް ވާހަކަދައްކަން ޖެހެއެވެ. ނަސޭޙަތްތެރިވާން ޖެހެއެވެ. ތިންވަނަ ޙާލަތަކީ، އެންމެ ނިކަމެތި ޙާލަތެވެ. އެއީ އަތުންނާއި ދުލުން މުންކަރާތް މަނާކުރެވެން ނެތް ޙާލަތެވެ. މި ޙާލަތުގައި ހިތުން އެކަމާ ދެކޮޅުހަދަން ޖެހެއެވެ. މި ޙާލަތަކީ ހުރިހާ މުސްލިމުންނަށް ވެސް ބައިވެރިވެވޭނެ ޙާލަތެކެވެ.  

މުސްލިމް އަޚުންނޭވެ! މުންކަރާތް ނަހީކޮށް، ނުބައި ކަންކަން ހުއްޓުވުމަކީ، ދީނީ، ޤާނޫނީ، ފަރުދީ އަދި ޖަމާޢީ ވާޖިބެކެވެ. ނުބައި ކަންކަން ހުއްޓުވުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ އިތުރަށް، ޤައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީ ވެސް މުސްލިމް ދައުލަތެއްގެ ވާޖިބެކެވެ. މާތް اللهُ ވަޙީކުރައްވާފައި ވެއެވެ. 

އާލް ޢިމްރާން ސޫރަތުގެ 104 ވަނަ އާޔަތުގައިވާ ވަޙީ ބަސްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ.  

"ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިއަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ." 

މުންކަރާތް ނަހީކުރުމުގައި ކޮންމެ މީހަކުމެ، އެ މީހެއްގެ ޒިއްމާ ދެނެގަންނަން ޖެހޭނެއެވެ. ކޮންމެ މުއައްސަސާ އަކުން އެ މުއައްސަސާއެއްގެ ވާޖިބު އަދާކުރަން ޖެހޭނެއެވެ. ކޮންމެ މުންކަރާތަކީ ވެސް މަނާކުރެވެން ޖެހޭނެ ކަމެކެވެ. އެހެންނަމަވެސް އެއީ އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިފައިވާ ބާރާއި، އިޚްތިޔާރުގެ ތެރެއިންނެވެ.

މިއަދު އޮންލައިން