މިރޭ ފުރަތަމަ މިކިޔައިދެނީ ޙަދީޘްފުޅެކެވެ. މައްކާގައި އިސްލާމްދީން ފެތުރެންފެށި ދުވަސްވަރު އަބޫބަކުރުގެފާނާއި ރަސޫލް ﷺ ތިއްބަވަނިކޮށް މީހަކު އައިސް ވަރަށް ހަޑިހުތުރު ބަހުން ރަސޫލް ﷺ އަށް އެއްޗެތިގޮވިއެވެ. ދެބޭކަލުންކުރެ ބޭކަލު އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ރައްދެއް ނުދެއްވަވައެވެ. އޭނާ އެތަނުން ދިއުމަށްފަހު ދެވަނަ ފަހަރަށް ގޮސް ހަމައެ ނުބައި ބަސްތައް ތަކުރާރުކުރިއެވެ. އެފަހަރުވެސް ދެކަލުންކުރެ ބޭކަލަކު ރައްދެއް ނުދެއްވަވައެވެ. ހަމަހިމޭނުން ތިއްބެވީއެވެ.
އޭނާ 3 ވަނަ ފަހަރު އެނބުރި އައިސް ހަމަ އެފަދަ ބަސްތަކެއް ބުނުމުން އަބޫބަކުރުގެފާނަކަށް ކެތެއް ނުކުރެއްވެވުނެވެ. އޭނާއަށް ރައްދުދެއްވީއެވެ. އޭނާ ބުނާ ބަސްތައް ރައްދުވަނީ ޢޭނާއަށް ކަމަށް ވިދާޅުވިއެވެ. އެހިނދު ރަސޫލް ﷺ ތެދުވެވަޑައިގެން ވަޑައިގެން ދުރަށް ވަޑައިގަންނަވަން ފެށްޓެވުމުން އަބޫބަކުރުގެފާނަކަށް ކެތެއް ނުކުރެއްވެވުނެވެ. ފަހަތްޕުޅުން ވަޑައިގެން އަރައި ހަމަކުރެއްވެވިއެވެ.
ކުށެއް ކުރެއްވެވިއްޖެކަން ވިސްނިވަޑައިގެން މާފަށް އެދިވަޑައިގަތްހިނދު ރަސޫލް ﷺ ހަދީޘްފުޅު ކުރެއްވެވިއެވެ. "އޭނާ ދެފަހަރުމަތިން އައިސް ނުބައިބަސްތައް ބުނުމުން 2 ފަހަރުވެސް އަހަރެމެންގެ ޙިމާޔަތުގައި ﷲ ތަޢާލާ މަލާއިކަތުން ފޮނުއްވެވިއެވެ. ނަމަވެސް 3 ވަނަ ފަހަރު ކަލޭގެފާނު ރައްދު ދެއްވެވުމުން ﷲ ތަޢާލާ މަލާއިކަތުން އެތަނުން އަނބުރައި ގެންދެވިއެވެ. ދެން އެތަނަށް އައީ ޝައިޠޯނާއެވެ. ތެދުވެވަޑައިގެން ދުރަށް ވަޑައިގަތީ ޝައިޠޯނާ ހުރިތަނެއްގައި (ނުބައިކަންތައްތައް ކުރެވޭނެތީ) އެތަނުގައި ނުހުންނެވުމަށެވެ."
މިޙަދީޘްފުޅުން އެނގިގެންދަނީ މީހަކު ރުޅި އައިސް ނުބައިބަސް ބުނެހެދުމުން ރައްދުނުދީ ހަނުހުރުމަކީ އެމީހަކަށްޓަކައި ﷲ ތަޢާލާ ރަޙްމަތުގެ މަލާއިކަތުން ފޮނުއްވަވާނެ ކަމެއް ކަމެވެ. ރައްދު ދީފިނަމަ ޝައިޠޯނާ އައިސް ކަންކަން ގޯހުން ގޯހަށް ބަދަލުކުރުވާނެކަމެވެ.
ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ފައިދާކުރާނީ އެމީހެއްގެ ދިފާޢުގައި މަލާއިކަތުން ތިއްބެވުމުންނެވެ. ވީމާ މީހަކު ކިތަންމެ ހަޑި ބަސްތައް ބުނި ނަމަވެސް ރައްދުނުދީ ކެތްތެރިވާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން