"ޔޫރޯ 2020" ގައިދުރުކޮށް ނަމާދުކުރުމަކީ ބިދުޢައެއްކަން ސާބިތުކޮށްދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
"ޔޫރޯ 2020" ގައިދުރުކޮށް ނަމާދުކުރުމަކީ ބިދުޢައެއްކަން ސާބިތުކޮށްދީފި

ގައިދުރުކޮށް ނަމާދުކުރަން ހިތްވަރުދޭ ޢިލްމުވެރިން ދައްކަމުން އައީ ކޮރޯނާގެ ބިރުވެރިކަމުގެ ވާހަކައާއި މައްކާގެ ހަރަމް ފުޅުގައި ގައިދުރުކޮށް ނަމާދުކުރާ ފޮޓޯ އާއި ވީޑިއޯތަކެވެ. މިއަަހަރު ޙައްޖުވުމަސް ދިއުން މަނާކުރި ކަމުގެ ވާހަކަތަކެވެ.

ޔޫރޫ 2020 ގައި ފެނިގެން މިދަނީ 60،000 ، 70،000 މީހުން ވަދެ ސްޓޭޑިއަމްތައް ފުރާލައި ގައިދުރުކަމެއް ނެތި ކުޅިބަލަން އެތައް ގަޑިއިރެއްވަންދެން ތިބޭތަނެވެ.

ސްޓޭޑިއަމްތަކަށްވަދެ ގައިދުރުކަމެއް ނެތި އެތައް ގަޑިއިރެއްވަންދެން ތިބުމުން ކޮރޯނާ ނުޖެހިފައި ނަމާދެއް ކުރަން 10- 15 މިނިޓް (ރާއްޖޭގައި އެންމެ 5، 7 މިނިޓް) ގައިކައިރިކޮށް ތިބުމުން ކޮރޯނާ ޖެހުން ވާނީ މި ޤަރުނުގެ އެންމެ ބޮޑު ޖޯކަށްކަން މިހާރު މިވަނީ ވަރަށް ރަނގަޅަށް ދުނިޔެއަށް ސާބިތުވެފައެވެ.

ޚާއްޞަކޮށް ކޮރޯނާ ވެކްސިން ޖަހައިގެން ތިބޭ މީހުންނަށްވެސް ކޮރޯނާ ޖެހެމުންދާއިރު މިދެވެނީ ކޮން މެސެޖެއްކަން މިވަނީ ނުއެނގިފައެވެ. މިސްކިތަށް ދިއުމާއި ޖަމާޢަތުގައި ސުންނަތާއި އެއްގޮތަށް ސަފުހަދައިގެން ނަމާދުކުރުމަކީ ކޮރޯނާ މާބޮޑަށް ރުޅިގަދަވާކަމެއްކަމަށް ބުނާ މީހުން އެބުނަކީ ހަމަ ވަރަށް ބޮޑު ތެދެއްކަން ޔޫރޯ 2020 ގެ މެޗްތައް ކުޅޭ ސްޓޭޑިއަމްތަކުން މިދަނީ ފެންނަމުންނެވެ.

 

މިއަދު އޮންލައިން