ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމުން ސަލާމަތްވެވެންއޮތް އެންމެ ފަސޭހަ ޢަމަލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމުން ސަލާމަތްވެވެންއޮތް އެންމެ ފަސޭހަ ޢަމަލު!

އިންސާނަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތަކީ އެމީހަކަށް ﷲ ތަޢާލާ ކޯފާވެވޮޑިގަތުމެވެ. އެއިރުން އެމީހަކަށް ބޮޑެތި ވެގެންވާ މުޞީބާތްތައް ދުނިޔޭގައިވެސް ކުރިމަތިވާނެތީއެވެ. ދަތި އުނދަގޫ އަދި ހިތްދަތި ޙާލުތައް ދާނީ ކުރިމަތިވަމުންނެވެ. 

ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމުން ސަލާމަތްވުމަށް ކުރެވެންއޮތް އެންމެ ފަސޭހަ ޢަމަލަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ހިތާމައަކީ އެޢަމަލާއިމެދު ގިނަ ބައަކު މިއަދު އިހްމާލުވަމުން އަންނަ ކަމެވެ. އެޢަމަލަކީ ނަރަކައިން ސަލާމަތް ކުރައްވަވާ ޢަމަލެއް ކަމުގައިވާއިރުވެސްމެއެވެ. 

މީސްތަކުންނޭވެ! މިދައްކަނީ ޞަދަޤާތްކުރުމުގެ ވާހަކައެވެ. ޞަދަޤާތް ކުރުމަކީ ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުން ނެތިވެގެންދާ އަދި މީހާ ނަރަކައިން ސަލާމަތްކޮށްދޭ މަތިވެރި ޢަމަލެކެވެ. އެއީ ހަމައެކަނި ތަނަވަސްކަމުގެ އަހުލުވެރިންނަށް ކުރެވެން އޮތް ކަމެކެވެ. ބިލިއަނަރަކު މިލިއަނުން ޞަދަޤާތް ކުރުމާއި ނިކަމެތ ފަޤީރަކު އެންމެ ބައިޑޮލަރު ޞަދަޤާތްކުރުމާއި ﷲ ތަޢާލާގެ ޙަޟްރަތުގައި ނުބައްދަލުވެދާނެކަން ވިސްނާށެވެ. 

ހަމަ އެފަދައިން ޞަދަޤާތް ކުރުމަކީ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާ ޢަމަލެކެވެ. އަދި ކުރާކަންކަމުގައި ބަރަކާތް ލައްވަވާވެސް ކަމެކެވެ. ވީމާ މިފަދަ ހުރިހާ ނިޢްމަތްތަކަށް ބެލުމުން އެނގެނީ ޞަދަޤާތް ކުރުމަކީ މީހަކަށް ކުރެވެން އޮތް އެންމެ ހެޔޮ އެއް ޢަމަލުކަމެވެ. 

އެމީހެއްގެ އަތުގައި އޮތް މަދުމިންވަރުން ﷲ ތަޢާލާގެ މަގުގައި ޞަދަޤާތްކުރަން ފަސްނުޖެހޭށެވެ! ކިތަންމެ މަދު ވަކިލާރިކޮޅަކުން ނަމަވެސް ޞަދަޤާތް ކުރުންގިނަކޮށް މި ބަޔާންކުރި ނިޢްމަތަކަސް އުންމީދުކުރާށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން