ވީޑިއޯ: ގައިދުރުކޮށް ނަމާދުކުރަން އަންގާ މީހުން މިވީޑިއޯ ބަލާލަންވީނު! ކޮބާ ޑަބްލިޔުއެޗްއޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ވީޑިއޯ: ގައިދުރުކޮށް ނަމާދުކުރަން އަންގާ މީހުން މިވީޑިއޯ ބަލާލަންވީނު! ކޮބާ ޑަބްލިޔުއެޗްއޯ؟

ގައިދުރުކޮށް ބިދުޢަވެރިގޮތުގައި ނަމާދުކުރަން އަންގާ މީހުން މި ލިޔުމުގައިވާ ވީޑިއޯ ބަލައިލުން ރަނގަޅުވާނެއެވެ. ޑަބްލިޔޫއެޗްއޯ އިންވެސް މިހެން ބުނެއޭ ކިޔައިގެން ބިދުޢަ ފަތުރަން ވަކާލާތުކުރާ މީހުންނާއި ކޮށްލަން ޖެހޭ ސުވާލަކީ ޑަބްލިޔޫއެޗްއޯއަކީ ހަމައެކަނި ނަމާދުގައި ތިބެންޖެހޭ މިންގަނޑު ކަނޑައަޅަން އޮތް ޖަމިއްޔާއެއްތޯއެވެ؟ 

ނަމާދުކުރަން އަމުރުފުޅު ކުރައްވަވާފައިވަނީ އެންމެހައި މަތިވެރިކަން ލިބިވޮޑިގެންވާ ﷲ ތަޢާލާއެވެ. ނަމާދަށް ސަފުހަދަންވީގޮތާއި ނަމާދުކުރަންވީ ގޮތް ދަސްކޮށްދެއްވެވީ އެންމެ ލޮބުވެތި ޞާޙިބާ، ރަސޫލް (ﷺ) އެވެ. އެކަމަށް ޑަބްލިޔޫއެޗްއޯގެ ބަހެއް އަދިއެހެން މުއައްސަސާއެއްގެ ބަހެއްވެސް ބޭނުމެއް ނުވާނެއެވެ. 

ރާއްޖެއަށް ބެލިނަމަވެސް ކޮރޯނާގެ ކޮންމެ ކޮންމެ ރާޅެއްވެސް އަރައިފައިބައިގެންދަނީ ﷲ ތަޢާލާއަށް ބިރުވެތިވާ މުސްލިމުން ހަމަ ޖަމާޢަތުގައި ގައިކައިރިކޮށް ނަމާދުކޮށް މުޞީބާތް ފިއްލަވައި ދެއްވެވުން އެދި ކުރާ ދުޢާއިންކަން އެއީ ފެނި ސާބިތުވާން އޮތް ކަމެކެވެ. މިފަހަރު އެރި ޜާޅުގައި 2200 މީހުން ޕޮޒިޓިވްވިއިރުވެސް ޖަމާއަތުގައި ގައިކައިރިކޮށް ނަމާދުކުރާ މީހުން އައީ ހަމަ ސާބިތުކަމާއިއެކު ނަމާދުކޮށް ދުޢާކުރަމުންނެވެ.

ދުނިޔޭގައި އުޅޭ ބަލިމަޑުކަމެއް އެއްވެސް މީހަކަށް ނުޖެހޭނެކަމަށް ބަލައިގެންނުވާނެއެވެ. ޔަޤީންކަމާއިއެކު ދަންނަވަންކެރެނީ އަޅުގަނޑު އެންމެ ގިނައިން ނަމާދުކުރާ ވިޔަފާރިވެރިންގެ މިސްކިތުގައި ގައިކައިރިކޮށް ޖަމާޢަތުގައި ނަމާދުކުރާ އެއްވެސް މީހަކު ކޮރޯނާޖެހި މަރުވިކަން އެނގިފައެއް ނުވާކަމެވެ. ކަށުނަމާދު ގްރޫޕުން އެފަދަ މައުލޫމާތެއް ލިބިފައި ނުވާތީއެވެ. އަދި ދެންނެވެން އޮތީ ޖަމާއަތުގައި ބައިވެރިވާ އެންމެންނާއި ހަަމ ކޮންމެ ދުވަހަކުހެން ބައްދަލުވާކަމަށާއި ޕޮޒިޓިވް ނުވަތަ ކަރަންޓީނުވުމުގެ ކަންކަން ވަރަށް މަދުކަމަށެވެ. 

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން