ފަތިސްނަމާދަށް ނުހޭލާ މީހުން ﷲ ތަޢާލާއަށްޓަކައި ޤުރްބާންވުމުގެ ވާހަކަ ނުދައްކާށެވެ!: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފަތިސްނަމާދަށް ނުހޭލާ މީހުން ﷲ ތަޢާލާއަށްޓަކައި ޤުރްބާންވުމުގެ ވާހަކަ ނުދައްކާށެވެ!: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދު

އެންމެ މަތިވެރިވެގެންވާ ޤުރްބާނީ އަކީ ކޮބައިކަމާއިމެދު ސުވާލުކޮށްފިނަމަ ޖަވާބުގައި އެއީ ﷲ ތަޢާލާއަށްޓަކައިވާ ޤުރްބާނީ ކަމަށް ބުނެލަން ވަރަށް ފަސޭހައެވެ. ނަމަވެސް އަހަރެންގެ ސުވާލަކީ އެ ޤުރްބާނީ ތައްޔާރަށް ތިބީ ކިތަށް މީހުން ހެއްޔެވެ؟ އެ ޤުރްބާނީ ވާން މަސައްކަތްކުރަނީ ކިތައް މީހުން ހެއްޔެވެ؟ 

ވަރަށް ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. އަހަރެމެންގެ ތެރެއިން ކިތައް މީހުން ފަތސް ނަމާދު ޖަމާޢަތުގައި ކުރަން މަސައްކަތްކުރަމުހެއްޔެވެ؟ ހޭލެވޭހައި ވަގުތު ލައިގެން ނިދަނީ ކިތައް މީހުން ހެއްޔެވެ؟ ގަދީސޯނާކޮށް، ފޯނު އެލާމްކޮށްގެން ނިދަނީ ކިތައް މީހުން ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ސޯނާވުމުން ހޭލެވުނު ނަމަވެސް އަރާމު ނިދި ދޫކޮށްލައި ތެދުވެ ޖަމާއަތުގައި ނަމާދުކުރަން މަސައްކަތްކުރަނީ ކިތައް މީހުން ހެއްޔެވެ؟ 

އެންމެ ކުޑަމިނުން މިވަރުކޮށްނުލެވޭ މީހާ ﷲ ތަޢާލާގެ މަގުގައި ޤުރްބާންވުމުގެ ވާހަކަ ނުދައްކާށެވެ! ކޮންމެ ގޮތަކުން ނަމަވެސް ގަޑި ނުޖެހި އޮފީހަށް ދާން މަސައްކަތްކުރާ މީހުންނާއި ކޮންމެ ގޮތަކުން ނަމަވެސް ގަޑި ނުޖެހި ސްކޫލަށް ކުދިން ޮނުވަން މަސައްކަތްކުރާ މީހުންނަކީ ދުނިޔެއަސްޓަކައި ޤުރްބާންވާ މީހުންނެވެ. އެމީހުން ދައްކަންވާނީ ދުނިޔެއަށްޓަކައި ޤުރްބާން ވުމުގެ ވާހަކައެވެ. 

ﷲ ތަޢާލާއަށްޓަކައި ނުވަތަ ﷲ ތަޢާލާގެ މަގުގައި ޤުރްބާންވުމަކީ ﷲ ތައާލާއަށް އެންމެ ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. އެހެން ހުރިހާ ކަންކަން އެއިގެ ފަހަތުން ގެނައުމެވެ. 

މީސްތަކުންނޭވެ! ތިމާއަށް ފައިދާކުރާނެ ޤުރްބާނީއަކީ ﷲ ތަޢާލާގެ މަގުގައި ކިޔަމަންތެރިކަމާއިއެކު ސާބިތުވުމަސް އެމީހަކުވާ ޤުރްބާނީއެވެ. އެހެންކޮންމެ ޤުރްބާނީ އަކީ އެމީހަކާއި ވަކިވެގެންދާނެ ކަންކަމެވެ. ތިމާ އާއިއެކު ދާއިމަށް ދެމިހުންނާނީ އަދި އާޚިރަތް ދުވަހުވެސް ތިމާ ސަލާމަތްކޮށްދޭނެ ޤުރްބާނީއަކީ ﷲ ތަޢާލާގެ މަގުގައިވާ ޤުރްބާނީއެވެ. 

- ޝައިޚް ޢަބްދުލަމަޖީދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން