"އިސްލާމްދީނަށް މާބޮޑު ޚިދުމަތެއް ނުކުރެވުނަސް، އެދީނާ ދެކޮޅަށް ކުރާ ކަންކަމުގައި ތިމާގެ ބައިވެރިވުމެއް ނެތްކަން ޔަޤީންކުރާށެވެ!": ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
ޝައިޚް ޢަލީ ޒާހިރު މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ އިސްލާމް ދީނުގެ ޢަދުއްވުން ފިލައި ތިބެ މުޙައްމަދު ބޮއްކުރާ، އަޙްމަދު އޮޑި ހަރުގެ، ފަދަ ނަންތަކުގައި އިސްލާމް ދީނަށް ގެއްލުން ދިނުން ފަދަ ކަންކަމަށް ޕެޓިޝަން ހެދުމުން އެ ޕެޓިޝަންތަކަށް ތާއީދުކުރަން ލީޑަރުން ގޮވާލުމުން މިކުރެވެނީ ކޮންފަދަ ނުބައި ކަމެއް ކަމާއިމެދު ވިސްނައިވެސް ނުލައި އެފަދަ މަޅިތަކުގައި ބައެއް މީހުން ޖެހެވެމުންދާ ވަގުތެއްގައެވެ.
އިސްލާމް ދީނަށް ނުވަތަ ދީން ފެތުރުމަށް ނުވަތަ ދީން ދިފާޢުކުރަން ހުރަސް އަޅަން ޕެޓިޝޮނެއްގައި ސޮއިކުރުންފްދަ ކޮންމެ ކަމަކީ އެކަން ކުރި މީހަކު ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ.
Islam dheenah maa bodu khidhumatheh nukurevunas, edheena dhekolhah kura kankamugai thimaage baiverivumeh neh kan yaqeen kuraasheve.#BanSecularBill
— Ali Zahir bin Saeed (@alizahirsaeed) June 21, 2021