ބައިވެރިޔާގެ ވާޖިބުތައް އަދާކޮށްދީފައިވުމަކީ އަނިޔާވެރިވާން ހުއްދަ ލިބޭ ސަބަބެއް ނޫން! އަދި ބޭވަފާތެރިވާން ހުއްދަ ލިބޭ ސަބަބެއްވެސް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ބައިވެރިޔާގެ ވާޖިބުތައް އަދާކޮށްދީފައިވުމަކީ އަނިޔާވެރިވާން ހުއްދަ ލިބޭ ސަބަބެއް ނޫން! އަދި ބޭވަފާތެރިވާން ހުއްދަ ލިބޭ ސަބަބެއްވެސް ނޫން!: މުފްތީ މެންކް

ބައެއް ފަހަރު ފިރިންނަށް ހީވާކަހަލައެވެ. "އަނބިމީހާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދީފައިވާނަމަ އެ ނިމުނީއެވެ. އޭނާގެ ހިތުގައި ޖެހޭނެ ކަންކަން ކުރަންވެސް ހުއްދަވާނެއެވެ. ބޭނުންހައި ގޮތަކަށް އުޅުމަކީވެސް މައްސަލައެއް ނޫނެވެ." 

މިއީ ވަރަށް ބޮޑުކުށްހީއެކެވެ. ތަނަވަސްކަންހުރިވަރަކުން ދިރިއުޅުމުގެ ކަންކަން ފުރިހަމަކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އެވާޖިބު އަދާކުރިނަމަވެސް ތެދުވެރިވުމާއި ވަފާތެރިވުމާއި އޯގާތެރިވުމާއި އަޅައިލުމާއި އެހީތެރިވުމަކީ ވެސް ހަމަ އަދާކުރަންޖެހޭ ވާޖިބުތަކެވެ. 

އަހުރެންގެ މިބަސްކޮޅު ނޯޓުކޮށްލައިގެންވެސް ސަމާލުކަން ދޭށެވެ! 

"ޙަޔާތުގެ ބައިވެރިޔާގެ ވާޖިބުތައް އަދާކޮށްދީފައިވުމަކީ އަނބިމީހާއަށް/ފިރިމީހާއަށް އަނިޔާވެރިވާން ހުއްދަ ލިބޭ ސަބަބެއް ނޫނެވެ. އަދި ބޭވަފާތެރިވާން ހުއްދަ ލިބޭ ސަބަބެއްވެސް ނޫނެވެ. 

އަނިޔާ ލިބޭ ބައިވެރިޔާގެ ދުޢާއަށް ބިރުވެތިވާށެވެ! ކިތަންމެ ސިއްރުން ކުރި ނަމަވެސް އިންސާނުން ކުރާ ހުރިހާކަމެއް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ކޮންމެ ވަގުތަކުވެސް އަނިޔާވެރިޔާގެ މައްޗަށް ކޯފާ ބާވައިލައްވައިފާނެ ކަމަށް ބިރުވެތިވާށެވެ!" 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން