ދެމަފިރިންނަށާ ޢާއިލާތަކަށް، އެންމެންނަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއްގެ ޙައްލު އެންމެ ދެ ލަފްޒުން ހޯދެން އެބައޮތް!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދެމަފިރިންނަށާ ޢާއިލާތަކަށް، އެންމެންނަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއްގެ ޙައްލު އެންމެ ދެ ލަފްޒުން ހޯދެން އެބައޮތް!: ޝައިޚް އަބޫބަކުރު ޒައުދު

މުސްލިމުންގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެންމެންގެ މެދުގައި މައްސަލަތައް ޖެހި ޝަކުވާތައް މިވަނީ އިންތިހާއަށް ގިނަވެފައެވެ. ދެމަފިރިންގެ މެދުގައި މައްސަލތަކެވެ. ދަރިންނާއި މައިންބަފައިންގެ މެދުގައި މައްސަލަތަކެވެ. ޢާއިލާގެ މެންބަރުންގެ މެދުގައި މައްސަލަތަކެވެ. މުޖުތަމައުގެ އެންމެންގެ މެދުގައި މައްސަލަތަކެވެ. 

މިހުރިހާ މައްސަލަތަކާއި ޝަކުވާތަކުގެ ޙައްލު އެންމެ ދެލަފްޒުން މުސްލިމުންނަށް ހޯދެން އެބައޮތެވެ. އެވާހަކަ ދެއްކުމުގެ ކުރިން އެއްކަމެއް ފާހަގަކޮށްލާނަމެވެ. ސުވާލެއް ކޮށްލާނަމެވެ؟ 

މިސާލަކަށް މިއަދުވެސް ރަސޫލް ﷺ ދުނިޔޭގައި އެބަހުންނެވިއެވެ. ދެމަފިރިއެއްގެ މެދުގައި މައްސަލައެއް ޖެހިގެން ނުވަތަ އެނޫންވެސް ދެމީހެއްގެ މެދުގައި މައްސަލައެއް ޖެހިގެން އެކަމުގެ ޝަކުވާ ރަސޫލް ﷺ އަށް ހުށަހެޅުނީއެވެ. ކުށްވެރިވާ ފަރާތުން ގޮސް އަނިޔާ ލިބުނު ފަރާތުން މަޢާފަށް އެދެން ޙަދީޘްފުޅުކުރެއްވެވީއެވެ؟ އެކަން ނުކުރާނަން ހެއްޔެވެ؟ މާފަށް އެދުމުން މާފުކުރަން ޙަދީޘްފުޅު ކުރެއްވެވީއެވެ. އެކަން ނުކުރާނަން ހެއްޔެވެ؟  

ދެން އޮތް ސުވާލަކީ ކުށެއް ކުރެވިއްޖެނަމަ މާފަށް އެދުމަށާއި މާފަށް އެދުމުން ހިތްހެޔޮކޮށް މާފުކުރަން ރަސޫލް ﷺ ޙަދީޘްފުޅުކުރައްވަވާފައި ނެތީހެއްޔެވެ؟ ސުންނަތް ޤަބޫލުކުރާނަމަ ޢަމަލުކުރަން ތިއަ ފަސްޖެހެނީ ކީއވެގެން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި ރަސޫލް ﷺ ގެ ސުންނަތް ޤަބޫލުނުކުރުމުގެ ޙުކުމަކީ ރަސޫލް ﷺ ދުނިޔޭގައި ހުންނަވައި އަނގަވާ އެންގެވުން ޤަބޫލުނުކުރުމެވެ. ރަސޫލް ﷺ މިއަދު އަހަރެމެންނާއިއެކުގައި ނެތުމަކީ އެ ޙުކުމަށް އެއްވެސް ބަދަލެއް އަންނަ ސަބަބެއް ނޫނެވެ. 

ދެން މިބުނެދެނީ ކުރިމަތިވާ ހުރިހާ މައްސލަތަކެއް ކަމުގައި ފަށަމުން ބުނި ދެލަފުޒެވެ. އެއީ "އިއްޤިﷲ" (ﷲ ތަޢާލާއަށް ބިރުވެތިވާށެވެ!) މި ދެ ލަފުޒެވެ. މި ދެލަފްޒަށް ޢަމަލުކުރާ ނަމަ އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެއެވެ.  އެއްވެސް މީހަކު އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުކުރާނެއެވެ. އެއްވެސް މީހަކަށް ދެރަގޮތެއް ނުހަދާނެއެވެ! ހުރިހާވެސް މައްސަލައަކީ މި ދެ ލަފްޒަށް އަމަލުނުކުރޭވޭ ކަމެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން