ޙަލާލު ފައިސާ ޙަލާލުގޮތުގަ ޚަރަދުކުރުމުންވެސް ސުވަރުގެ ނުލިބޭނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޙަލާލު ފައިސާ ޙަލާލުގޮތުގަ ޚަރަދުކުރުމުންވެސް ސުވަރުގެ ނުލިބޭނެ މީހުން-

ﷲ ތަޢާލާ ވަޙީޚުރައްވަވާފައިވެއެވެ. 

"އަދި ތިއަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ." (އަލްފަޖްރް: 20) 

މީސްތަކުންނޭވެ! ފައިސާއަށް ދަހިވެތިވެ ތިމާކުރާ މަސައްކަތަކީ ހަމައެކަނި ދުނިޔޭގެ ތަނަވަސްކަން ހޯދަން ކުރާ މަސައްކަތްކަމުގައި ވެއްޖެ ނަމަ އެމީހަކަށް އެކުރެވެނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމުގައި އިބްން ރަޖަބަ ބަޔާންކުރައްވަވާފައިވެއެވެ. އެހެނީ އެމީހަކަށް އާޚިރަތް ހޯދުމުގައި އިހްމާލްވެވޭނެއެވެ. އެއިރުން އެމީހަކަށް ޢާޚިރަތް ގެއްލިދިއައީއެވެ. 

މިކަމުގައި ވިސްނައިލަންޖެހޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ އިތުރުކުރުމުގެ މަސައްކަތަށް ޝައުޤުވެރިވެ ހެޔޮ ޢަމަލުތައް ކުރަން ވަގުތު ނުހޯދައިފިމީހާ ޙަލާލު މަސައްކަތްކޮށް ލިބޭ އާމްދަނީއިން ޙަލާލު ގޮތުގައި ހޭދަކުރިނަމަވެސް އެމީހަކުވާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. އެހެނީ އޭނާ އަދާކުރަންޖެހޭ ފަރުޟު އަދާނުކުރެވުމާއި ޛިކުރުކުރުމާއި ސުންނަތް ނަމާދުކުރަން ވަގުތު ހޭދަނުކުރާތީއެވެ. ހަމައެކަނި ޞަދަޤާތަކުން އާޚިރަތް ކާމިޔާބު ނުކުރެވޭނެތީއެވެ. 

މީސްތަކުންނޭވެ ކިތަންމެ ފުރިހަމަ ގަނޑުވަރެއްގައި ދިރިއުޅުނު ނަމަވެސް އަދި ކިތަންމެ އަގުބޮޑު ދިރިއުޅުމެއް އުޅުނު ނަމަވެސް އަދި ކިތަންމެ މީރު ކާނާ ކެއި ނަމަވެސް އެކަންކަމަކީ ވަގުތީ ކަމެކެވެ. ދާއިމީ ފައިދާއެއް ކުރާނީ ހެޔޮ ޢަމަލުކުރުން ގިނަކުރެވުނުވަރަކުންނެވެ. ދުނިޔެއާއިގެން އެވަރަށް ތެޅި ނުފޮޅެންވީ އެ ސަބަބަށްޓަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން