ފާހިޝް ޢަމަލުކުރަން ޚަރަދުކުރާ މީހާ ދިއުން ގާތީ ނަރަކައަށެވެ! ގާތީ އެފަދަ މީހުންގެ ދުޢާ ވެސް ޢިޖާބަ ނުކުރެއްވެވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ފާހިޝް ޢަމަލުކުރަން ޚަރަދުކުރާ މީހާ ދިއުން ގާތީ ނަރަކައަށެވެ! ގާތީ އެފަދަ މީހުންގެ ދުޢާ ވެސް ޢިޖާބަ ނުކުރެއްވެވުން!

ބައެއް މީހުން ބިރުގަންނަނީ ހަމައެކަނި ޙަރާމް ގޮތުގައި ފައިސާ ހޯދުމަށެވެ. ޙަލާލްގޮތުގައި ފައިސާ ހޯދައިގެން ފާހިޝް ޢަމަލުތައްކޮށް، މަސްތުވާ ބާވަތްތައް ބޭނުންކޮށް، ޖުވާކުޅެ އެނޫންވެސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރަން ބިރުގަންނަނީ މަދުމީހެކެވެ. 

އެމީހުން އެބިރުގަންނަނީ ޙަރާމް ތަކެތިކައިގެން ޖަހާ މަސް ދިއުން ގާތީ ނަރަކައަށްކަމަށް އޮތް ޙަދީޘްފުޅަށެވެ. ޙަރާމް ތަކެތި ކައިބޮއި ހަދަމުން ކުރާ ދުޢާ ޢިޖާބް ނުކުރައްވަވާނެ ކަމަށް އޮތް ޙަދީޘްފުޅަށެވެ. 

މީސްތަކުންނޭވެ! ޙަލާލް ފައިސާ ނަމަވެސް ޙަރާމް ކަންކަން ކުރަން ޚަރަދުކުރުމުން ވެސް އމީހަކު ދިއުން ގާތީ ހަމަނަރަކައަށެވެ. އއަދި އެފަދަ މީހުން ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާ ސަބަބަކީ ވެސް އެއީ ކަމުގައިވުން ވަރަށް ގާތެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ޙަލާލް ގޮތުގައި އާމްދަނީ ހޯދުމަށާއި ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމަށެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ އަނބިމީހާވެސް އަދި ފިރިމީހާވެސް މިއަދު ވަރަށް ފުންކޮށް ވިސްނައިލަން ޖެހިފައިވާ ކަންކަމެވެ. ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެއިން ޚަރަދުކުރެވޭ ގޮތާއިމެދުގައެވެ. ފާހިޝް ޢަމަލުކުރަން މިއަދު ޚަރަދުކުރަނީ ހަމައެކަނި ފިރިހެނުންނެއް ނޫނެވެ! އަންހެނުންވެސް އެކަމަށް ޚަރަދުކުރެއެވެ! 

ކުރާ ޙަލާލް ވިޔަފާރިން ނުވަތަ ގެދޮރުގެ ވިޔަފާރިން ލިބޭ ފައިސާ ޢާއި މުސާރައަށް ލިބޭ ފައިސާއަކީ ހަމަ ޙަލާލް ފައިސާއެވެ. އެފައިސާ ޙަރާމް ކަންކަން ކުރަން ޚަރަދުކުރުމުން ލިބޭނެ ގެއްލުންތައް މިކިޔައިދެނީއެވެ. 

އެންމެ ބޮޑު އެއްލުމަކީ އެމީހަކީ ދުޢާ ޢިޖާބަ ނުކުރައްވަވާނެ މީހަކު ކަމުގައިވުމެވެ. އެފަދަ ދެރަގޮތެއް މެދުވެރިވެއްޖެނަމަ އާޚިރަތް ދުވަހު ތިމާގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން