ނިދީގަ ބިރުވެރި ކަންކަމާ ބިރުވެރި އެއްޗެތި ގައިގަ އަތްލާތަންފެންނަނަމަ އަމަލުކުރަންވީ ގޮތް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ނިދީގަ ބިރުވެރި ކަންކަމާ ބިރުވެރި އެއްޗެތި ގައިގަ އަތްލާތަންފެންނަނަމަ އަމަލުކުރަންވީ ގޮތް-!

ނިދީގައި ބިރުވެރި ކަންކަން ފެނި އަދި ބިރުވެރި އެއްޗެއް އައިސް ގައިގައި ހިފުން ފަދަ ކަންކަން މެދުވެރިވެއެވެ. މިފަދަ ބިރުވެރި ކަންކަން މެދުވެރިވެގެން ކޮންމެ ރެއަކުހެން ނިދީން ހޭލެވޭ ޙާލަތުވެސް ކުރިމަތިވެއެވެ. 

މިފަދަ ކަމެއް މެދުވެރިވެއްޖެނަމަ "ވައަތް ފަރާތަށް ހިކިކުޅު 3 ފަހަރު ޖަހާފައި أعوذ بالله من الشيطان الرجيم ކިޔާށެވެ! ދެން ކުރިން ނިދަން އޮތް ފަޅި ނޫން އަނެއް ފަޅިއަށް އެނބުރި ނިދާނީއެވެ." 

ނިދީގައި ބިރުވެރި ހުވަފެން ފެނިގެން ހޭލެވޭނަމަ ކުރުސި ކިޔުން އާދަކުރަންވާނެއެވެ. އަދި ނިދުމުގެ ކުރިން ވުޟޫކުރުމަކީވެސް ކުރަން އޮތް މުހިންމު ސުންނަތެކެވެ. ހަމައެއާއިއެކު ނިދުމުގެ ކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔަންވެސް އާދަކުރަންވާނެއެވެ! ސަލާމަތްކަން ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. 

ކުރުސި ކިޔަވައިގެން ނިދައިފި މީހާ ހޭލަންދެން އެމީހާގެ ޙިމާޔަތުގައި މަލާއިކަތު ބަހައްޓަވައި ދެއްވަވާނެ ކަމަށް ޙަދީޘްފުޅުގައި އޮވެއެވެ. އެހެންކަމުން ކުރުސި ކިޔަވައިގެން ނިދުމަކީ ވެސް މިބާވަތުގެ ކަންކަމުން ސަލާމަތްވުމަށް އޮތް މަގެއް ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވައެވެ. 

މީގެ އިތުރުން ވުޟޫކޮށްގެން ނިދުމަކީ އެމީހަކަށްޓަކައި ހެޔޮ ދުޢާ ކުރައްވަވާނެ މަލާއިކަތުން އެމީހާ ނިދީން ހޭލަންދެން ލައްވަވާނެ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސކުން

މިއަދު އޮންލައިން