ނަރަކައިން މިންޖުވާން އެދޭ މީހާ އެންމެ ކުޑަމިނުން އިބްރާހިމް އައްތައިމީ ވިދާޅުވެފައިވާ މިބަސްފުޅު މިމިންވަރަށް ގިނަގިނައިން ހިތްމައްޗަށް ގެންނާށެވެ!
"ތިމަންކަލޭގެފާނު ނަރަކައިގެ ހިލިހިލާތަކުގައި ޖެހި، ގަދަފަދަ ޢަޛާބާއި ކުރިމަތިވެ، ޒައްޤޫމު ގަހުން ކައި، ހޫނުކަން ގަދަވެގެންވާ ފެން ބޯންޖެހޭ މަންޒަރު ތަސައްވުރުކުރަމެވެ.
އަދި ތިމަންކަލޭގެފާނު ސުވަރުގޭގެ ނިޢުމަތްތަކުގައި ވަނިކޮށް ތަސައްވުރުކުރަމެވެ. ދެން ތިމަންކަލޭގެފާނު ނަފްސާއި ސުވާލުކުރަމެވެ. ތިބާ އެދެނީ ކޮންކަމެއް ހެއްޔެވެ؟
ނަފްސު އެދެނީ ދުނިޔެއަށް ގޮސް ސުވަރުގޭގެ އިތުރު ނިޢުމަތްތައް ލިބޭނެ ޢަމަލުތައް ކުރުމަށް ކަމަށް ބުނެއެވެ. ދެން ތިމަންކަލޭގެފާނު ނަފްސާއި މުޚާތަބުކޮށް ބުނަމެވެ. ތިބާ މިހާރު ތިވަނީ އެދުވަހުން ތިބާ ވުމަށް އެދޭނެ މަންޒިލުގައެވެ.
(ވަގުތު ފާއިތުވުމުގެ ކުރިން ފުރުސަތުގެ ބޭނުން ހިފާށެވެ)
- ޝައިޚް އަޙްމަދު ރިމާޒް