ކޮރޯނާއިން ސަލާމަތްވުމަށް ޖަހަންޖެހޭ ފުރަތަމަ ވެކްސިނަކީ ﷲ ތަޢާލާއަށް ވަކީލްކުރުމާއެކު އެކަލާނގެ ޙަޟްރަތުން ވާގިއެދުން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކޮރޯނާއިން ސަލާމަތްވުމަށް ޖަހަންޖެހޭ ފުރަތަމަ ވެކްސިނަކީ ﷲ ތަޢާލާއަށް ވަކީލްކުރުމާއެކު އެކަލާނގެ ޙަޟްރަތުން ވާގިއެދުން: މުފްތީ މެންކް

ކޮރޯނާ ވައިރަސް އަންގައިދިން އެއް ކަމަކީ އިންސާނުންގެ ކިބައިގައި އެއްވެސް ބާރެއް ނެތްކަމެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ. މުޅި ދުނިޔެ ބިރުން ސިހިފައި މިވަނީ ލޮލަސްވެސް ނުފެންނަ ކުޑަކުޑަ ވައިރަހަކަށެވެ. އެހެން ގޮތަކަށް ބުނާނަމަ ސާބިތުކޮށްދެވެންވެސް ނެތް ކަމަކާއި ހުރެއެވެ. 

ކިރިޔާވެސް ކަމެއް މިއެނގެނީ އެތައް ބައިވަރު ލެބޯޓްރީތަކަކުން ކުރާ އެތައް ބައިވަރު ތަޙްލީލްތަކަކުންނެވެ. އެ ތަޙްލީލްތަކަށްވެސް އެއްވެސް ޔަޤީންކަމެއް ނެތެވެ. ހޯދޭ ހޯދުންތައް ދަނީ ބަދަލުވަމުންނެވެ. އެކިދުވަހު އެކި ގޮތަށް ބަދަލުވަމުންނެވެ. 

"އަހަރެންނަކަށް ވައިރަހެއް ނުފެނޭ. ތިއަބައިމީހުންނަކަށްވެސް ނުފެނޭ. ނަމަވެސް މިއަދު މުޅި ދުނިޔެ މިވަނީ ކުޑަކަކޫ ޖަހަންޖެހިފަ. އަވަހަށް ﷲ ތަޢާލާގެ މަގަށް އެނބުރޭ! ޝިފާ އާއި ޙައްލު ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ!" 

މިޙާލަތުގައިވެސް އޮތީ ސުންނަތުގައިވާ ދުޢާތައް ކުރުމެވެ. 

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ

މިފަދަ ދުޢާތަކެވެ. ޤަބޫލުކުރަންޖެހޭ ކަމަކީ މިފަދަ ދުޢާތައް ރަސޫލް ޙަދީޘްފުޅުކުރައްވަވާފައިވަނީ މިފަދަ ބަލިމަޑުކަމެއް ރަސޫލް އަށް ޖެހިވަދައިގަނެގެން ނޫންކަމެވެ. އަހަރެމެންނާއި ބަލިމަޑުކަން ކުރިމަތިވާނެތީ ކަމެވެ. ވީމާ އަހަރެމެންނަށް އޮތީ މިފަދަ ދުޢާތައް ކުރުމުގައި ސާބިތުވުމެވެ. 

ބަލިން ސަލާމަތްވުމަށްޓަކައި ވެކްސިން ޖަހާށެވެ! ނަމަވެސް ޖަހަންޖެހޭ ފުރަތަމަ ވެކްސިނަކީ ﷲ ތަޢާލާއަށް ވަކީލްކުރުމެވެ. އެކަލާނގެ ޙަޟްރަތުން ވާގިއެދުމެވެ. ﷲ ތަޢަލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ގިނަގިނައިން ދުޢާކުރުމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން