ދުޢާ ޢިޖާބަ ކުރެއްވެވުމާއި ޛިކުރުކުރުމާބެހޭގޮތުން އެނގެންޖެހޭ މުހިންމު ބައެއް ކަންކަން: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދުޢާ ޢިޖާބަ ކުރެއްވެވުމާއި ޛިކުރުކުރުމާބެހޭގޮތުން އެނގެންޖެހޭ މުހިންމު ބައެއް ކަންކަން: ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދް

ދުޢާކޮށް އަދި ޛިކުރުކުރާއިރު އެ ޢަމަލު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުން އެދޭ މީހާ ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

1- ތުންފަތް ތަޅުވަންޖެހޭކަން

2- ކުރާ ޢަމަލު / ކިޔާއެއްޗެތި ހިތަށް އަރުވަންޖެހޭކަން 

3- ދުޢާކުރާއިރު ޢިޖާބަކުރައްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކު ދުޢާކުރުން 

މީސްތަކުންނޭވެ! ޛިކުރުކުރުމަކީ ވަގުތަކު ކުރާ ކަމަކަށް ނުހަދާށެވެ! ހުސްވަގުތެއް ލިބިއްޖެނަމަ ޛިކުރުކުރާށެވެ! އެހެނީ ޛިކުރުކުރުންމަތީގައި ދެމިހުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެކެވެ. 

ޛިކުރުކުރުމުގެ އެންމެ ބޮޑުފައިދާއަކީ އެމީހާ ﷲ ތަޢާލާގެމަތިން ހަނދުމަކުރުމުން ﷲ ތަޢާލާ އެމީހެއްގެމަތިން ހަނދުމަފުޅުކުރައްވަވާ ކަމެވެ. އެމީހާ ﷲ ތަޢާލާ އަށް ދެންނެވުމުން ﷲ ތަޢާލާ ހަމައެފަދައިން އެމީހަކަށް ﷲ ތަޢާލާ ޢިޖާބަ ދެއްވަވާ ކަމެވެ. ވީމާ ކުރަން މިއަށްވުރެ ފައިދާހުރި ކަމަކީ ކޮބައިހެއްޔެވެ؟ އެމީހެއްގެ މަތިން ﷲ ތަޢަލާ ހަނދުމަފުޅު ކުރައްވަވައި އެމީހާގެ ނަމުން ﷲ ތަޢާލާ ވަޙީކުރެއްވެވުމަށްވުރެ މަތިވެރިކަން ބޮޑުވެގެންވަނީ ކޮންކަމެއް ހެއްޔެވެ؟ 

ޛިކުރުކުރުމުގެ އެންމެ މަތިވެރި މިންވަރަކީ އެކަނި އިނދެ ﷲ ތަޢާލާގެމަތިން ހަނދުމަކޮށް ލޮލުން އެންމެ ކަރުނަތިއްކެއް ނަމަވެސް ވައްޓައިލެވުމެވެ. ޢަރުޝީގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ލިބުން ނެތް ޤިޔާމަތް ދުވަހު އެމީހާ ވާހުށީ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ މީހުންގެ ތެރެއިންނެވެ. 

- ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން