އަނބިދަރިން ނަރަކައިން ސަލާމަތްކުރެވޭނީ ދީނުގަވާ މަގުން ހެދުން އަޅައިގެން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަނބިދަރިން ނަރަކައިން ސަލާމަތްކުރެވޭނީ ދީނުގަވާ މަގުން ހެދުން އަޅައިގެން!: ޑރ. އިޔާޟް

"ތިމާގެ އަމިއްލަ ނަފްސާއި އަނބިދަރިން ނަރަކައިން މަސައްކަތްކުރަން ޖެހެއެވެ. އެކަންވާންއޮތީ ދީނުގައި އޮތް ގޮތަށް (އަނބިދަރިން) ހެދުން އަޅައި ނިވާވެގެންނެވެ. މިކަމާއިމެދު އެއްވެސް ޢިލްމުވެރިއަކު ޝައްކެއް ނުކުރައްވައެވެ." 

މިބަސްފުޅާއެކު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ޓްވީޓް ކުރައްވާފައި ވަނީ އައްތަޙްރީމް ސޫރަތުގެ 6 ވަނަ އާޔަތެވެ.

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ އަނބިދަރިން ނަރަކައިން ސަލާމަތްކުރުވަން މަސައްކަތްކުރުމުގެ މުހިންމުކަމާއި ނަރަކައިން ސަލާމަތްވުމަށްޓަކައި ދީނުގައިވާ ގޮތަށް އަނބިދަރިން އެޅުވުމުގެ މުހިންކަން ބަޔާންކުރައްވައިކަން ފަހަގަކުރެވެއެވެ. 

މި އާޔަތުގައި "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި ތިއަބައިމީހުންގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ!" ވަޙީކުރައްވަވާފައި އޮތުމުން އެކަމަކީ ﷲ ތަޢާލާގެ އަމުރުފުޅެއްކަން މިއޮތީ ޤުރްއާނުން އެނގޭށެވެ! 

ހަމައެއާއިއެކު އަމިއްލަ ނަފްސް ނަރަކައިން ސަލާމަތްކުރުމަށްޓަކައި މިސްކިތްތަކުން 5 އިރު ގޮވާ "ޙައްޔަޢަލައްޞަލާތި، ޙައްޔަޢަލަލްފަލާހް" ގެ އަޑު އިވުމުން ފިރިހެނުން މިސްކިތުގެ ޖަމާޢަތަށް ނަމާދަށްދާންޖެހޭކަން ވެސް ފާހަގަކުރެވެއެވެ. އަދި އެހެން މީހުންނަށް ދީނުގެ ކަންކަން އޮޅުންފިލުވައިދިނުން އޮތީ ތިމާގެ މައްޗަށް ވާޖިބުކުރައްވަވާފައިވާ ކަންކަން ކުރުމާއިއެކުގައިކަންވެސް ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން