ތިބާގެ ހިތްދަތިކުރަން މީހަކު ކަމެއް ކޮށްފިނަމަ އެކަމުން ސަލާމަތްވެ އެމީހާ ބަލިކޮށްލަން ލިބިގަންނަންވީ ކުއްލި ފަރުވާ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތިބާގެ ހިތްދަތިކުރަން މީހަކު ކަމެއް ކޮށްފިނަމަ އެކަމުން ސަލާމަތްވެ އެމީހާ ބަލިކޮށްލަން ލިބިގަންނަންވީ ކުއްލި ފަރުވާ: މުފްތީ މެންކް

ތިބާގެ ހިތްދަތިކުރަން އުޅެފިނަމަ، އަދި ހިތްދަތިވާފަދަ ކަމެއް ކޮށްފިނަމަ ގިނަ ބައަކަށް ފުރަތަމަވެސް ކުރެވޭ ކަމަކީ އެމީހަކަށް ރައްދުދިނުމެވެ. އެއްޗެތި ގޮވުމާއި އެމީހަކު ރުޅިއަންނާނެ ކަންކަން ކުރުމެވެ. ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވަނީ އެގޮތަށް އެކަންކުރާކަށް ނޫނެވެ. 

ހާޓް އެޓޭކެއް ޖެހުމުން ކުއްލި ފަރުވާ ދޭ އުޞޫލުން މީހަކު ތިބާގެ ހިތްދަތިކުރަން އުޅެފިނަމަ، އަދި ހތްދަތިވާފަދަ ކަމެއް ކޮށްފިނަމަ ނުވަތަ ހިތްދަތިވާ ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަވެސް ލިބިގަންނަން އޮތް ކުއްލި ފަރުވާއަކީ 2 ރަކްޢަތް ނަމާދެއްކޮށް ނަމާދުގައި ސަޖިދަ ދިގުކޮށްލައި ދުޢާކުރުމެވެ. އަލްޙީޖްރް ސޫރަތުގެ 97، 98، 99 ވަނަ އާޔަތް ބަލާށެވެ. މިބުނި ބަސް ޔަޤީންކުރެވޭނެއެވެ. 

މީސްތަކުންނޭވެ! ހިތްދަތިކަމާއި ހުރިހާ މުޞީބާތްތަކުން ވެސް ސަލާމަތްވެވުން އޮތީ ﷲ ތަޢާލާ އެކަމެއް ހިންމަވައިދެއްވެވުމުންނެވެ. ވީމާ އެކަންކަން ކުރިމަތިވުމުން ފުރަތަމަވެސް ކުރަންޖެހޭނެ ކަމަކީ އެކަންކަން ކުރިމަތިވުމުން ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. އެކަމަށް އަވަސްވެގަންނަ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެތެވެ! 

ވިސްނާށެވެ! މައްކާގެ މުޝްރިކުން ރަސޫލް ﷺ ގެ ހިތްޕުޅު ދަތިކުރަން ނުކުރާ އެއްވެސް ކަމެއް ނެތެވެ. ނަމަވެސް އެމީހުން ކުރި ކަންކަމުގެ ސަބަބުން އިތުރަށް ނިކަމެތިކަން ލިބުނީ ހަމައެމީހުންނަށެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވެވި ގޮތަށް ރަސޫލް ﷺ ޢަމަލުފުޅު ކުރެއްވެވީތީއެވެ. 

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުން ހަމަ އެ ނިޢްމަތް އަހަރެމެންނަށްވެސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ކުރިން ބުނިފަދައިން ފުރަތަމަވެސް ދެ ރަކްޢަތް ނަމާދެއް ކޮށް ސަޖިދަ ދިގުކޮށްލައި ދުޢާކުރާށެވެ! އަދި ތަސްބީޙްކިޔުން ގިނަކުރާށެވެ. ވީމާ މީހަކު ނުބައި ކަމެއް ކުރުމުން ރައްދުދީ ނުބައި ބަސްބުނެހެދުމުގެ ބަދަލުގައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރާށެވެ. އެމީހަކަށް ނަބްރު ދެއްވަވާނެތެވެ. އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން