މިވަގުތު މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ އެއް ކަމަކީ ރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރުމުގެ މައްސަލައެވެ. ހެލްތް މިނިސްޓްރީން 2018 ވަނަ އަހަރު ކުރި ސަރވޭއެއްގެ ރިޕޯޓްގައި ބުނާ ގޮތުން ސަރވޭގައި ބައިވެރިވި ނިޞްބަތުން 1 އިންސައްތަ ބުނެފައިވަނީ އަންހެން ކުދިން ޚިތާނުކުރާ ކަމަށެވެ.
މިކަން ވެފައިވަނީ ވަރަށް ގިނަ އަދަދެއްގެ ބައަކު އިންތިހާއަށް ކަންބޮޑުވި ކަމަކަށެވެ. ބޮޑެތި ބަހުސްތައް މިއަދުވެސް ކުރެވެމުންދަނީ އެވެ. ބަހުސްތަކުން އެނގުނީ 99 އިންސައްތަ މީހުން މިކަމަށް ވަރަށް ބޮޑަށް ނުރުހޭ ކަމެވެ.
އަންހެން ކުދިން ޚިތާނުކުރުމަކީ ރާއްޖޭގައި ކިތަންމެ މަދުން ނަމަވެސް ކުރާ ކަމެއްކަން އެ ރިޕޯޓުން އެނގެން އޮތުމުން އެންމެންހެން ބުނަމުން އެގެންދަނީ އަނެން ކުދިން ޚިތާނުކުރަން ގުނަވަނުގައި ތިނޯހެއްގެ ތުނޑު ޖައްސައި ލޭތިއްކެއް ނެރުމަކީވެސް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އެވަރުގެ އަނިޔާއެއްވެސް ކުދިންނަށް ކޮށްގެން ނުވާނެ ކަމަށެވެ! އަދި ކުޑަކުދިންނަށް ކުރާ ކޮންމެ އަނިޔާއަކާއި ދެކޮޅަށް ރައްޔިތުން ތެދުވާނެކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވާނެ ކަމަށެވެ.
ހިނގަމުންދާ ބަހުސްތަކާއި އަޑުއިވެމުންދާ ބަސްތަކަށްބަލާއިރު ގިނަ ބައަކު ބުނަނީ މިކަމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ. އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޮންމެ ދުވަހަކުހެން ކުރިމަތިވަމުން އަންނައިރު އެއަނިޔާތައް ކުރާ މީހުންނާއި ދެކޮޅަށް ނުނުކުމެ ރައްޔިތުން ނުތިބޭނެކަން މި ބަހުސްތަކުން އެނގުމުން ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ނިޞްބަތަށް ބަލައިފިނަމަ ރާއްޖެއަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޤައުމަކަށްވެފައިވުމުން ކުޑަކުދިންގެ ޙިމާޔަތުގައި އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ގިނަ ބައަކު ފާހަކަކުރެއެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖީންސީ ގޯނާތަކުގެ ސަބަބުން ކުދިން ދުނިޔެއާއި ވަކިވާންވެސް ޖެހިފައިވާކަން ފާހަގަކުރެވޭއިރު ޖިސްމާނީ ކުރުންވެސް އަދިވެސް ވަނީ ކޮންޓްރޯލް ނުކުރެވިއެވެ. ނކުދިން ނިކަމެތިކޮށް ނަފްސާނީ އަނިޔާ ކުރުމަށްވެސް ޙައްލެއް ހޯދިފައެއް ނުވެއެވެ. މިވަގުތަކީ ކުޑަކުދިންނަށް ކުރާ މިފަދަ ހުރިހާ އަނިޔާތަކާއި ދެކޮޅަށް ރައްޔިތުން ނުކުމެ އެކަންކަން ހުއއްޓުވަން ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއްކަން ފާހަގަކުރެވެއެވެ.