ދެމަފިރިންގެ ހުރިހާ މައްސަލަތަކުގެ ޙައްލު- މުސްތަޤްބަލުގެ ބައްތީގެ އަލި ގަދަކޮށްލާނެ މަގު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދެމަފިރިންގެ ހުރިހާ މައްސަލަތަކުގެ ޙައްލު- މުސްތަޤްބަލުގެ ބައްތީގެ އަލި ގަދަކޮށްލާނެ މަގު-!

އަހަރެމެންގެ ޢާއިލީ ދިރިއުޅުމަށްށް ބަލައިފިނަމަ އެންމެ ގިނައިން އަޑު މިއިވެނީ އަބަދުވެސް ކޮންމެ އެކަކު މާބޮޑު ކުށެއް ކޮށްގެން އުޅޭ ކަމުގެ ވާހަކައެވެ. ބޮޑެތި ކުށް ކުރާ މީހުންވެސް އުޅޭނެއެވެ. ނަމަވެސް ގިނަ ފަހަރަށް އެކަން މެދުވެރިވަނީ ތަފާތު ގޮތަކަށެވެ. 

ދެފަރާތާއި ބައްދަލުކޮށް ކަމުގެ ޙަޤީޤަތް ރަނގަޅަށް ބަލައިލާއިރު އެބުނާ ބޮޑު، ބިޔަ ކުށް ވެފައި އޮންނަނީ ވަރަށް އާދައިގެ ކަމަކަށެވެ. އެއިގެ ތެރެއިންވެސް އެންމެ ގިނައިން ފާހަގަކުރެވޭ އެއް ކަމަކީ އަނބިމީހާ ކަމަކު އެދުމުން ފަރުވާކުޑަކުރުމެވެ. ޚާއްޞަކޮށް އަނބިމީހާއަށް ބޭނުންވާ ކަންކަމުގައެވެ. 

ވީމާ އެގޮތަށް ކަންކަން ނުކުރާށެވެ. ކޮށްދެވޭ ވަރުގެ ކަމަކަށް އެދިއްޖެ ނަމަ އަވަހަށް ކޮށްދޭށެވެ. ކޮށްދެވެން ނެތް ކަމެއް ނަމަ އެކަން ބަޔާންކޮށް ވަރަށް ލޯބިން ކިޔައިދޭށެވެ! ހެޔޮލަފާ އަންތބަކު ނަމަ އެއިރުން ކުރާނީ ޝަކުވާއެއް ނޫނެވެ. ކުރާނީ ހެޔޮ ދުޢާއެވެ. 

ކުށް ކުރެވުނީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ކަމަށްވެސް ވެދާނެއެވެ. އެ ހިސާބުން އެކަން އުޑާހަމައަށް އުފުލަން މަސައްކަތް ނުކުރާށެވެ! އަވަހަށް މާފަށް އެދި ނިންމައިލާށެވެ! އަދި ދެމަފިރިންގެ އުޅުމާ ގުޅިން މުޅިން ބަދަލުކޮށްލާށެވެ!  ކުރިއަށްވުރެ މާރަނގަޅު ކޮށްލާށެވެ! 

މިބުނަނީ ވަރަށް ބޮޑު ސިއްރެކެވެ! އެގޮތަށް ކަންކަން ބަދަލުކޮށްލައި އުފާވެރިކަން ލިބިގަނެވޭނީ ކުށްކުރި މީހާއަށްވުރެ މާފުކުރި މީހާ ކުރިއަށް ނުކުމެގެންނެވެ. މާފުކުރުމަށްފަހު ބައިވެރިޔާގެމަތިން ފޫހިވާ މީހަކަށްވެގެން ދިރިއުޅުމުގައި އުފާވެރިކަމެއް ނުލިބޭނެއެވެ. 

ދެން މިބުނަނީ ޙައްލުގެ ވާހަކައެވެ. މާޒީ އެކުގައި ހަނދާން ނައްތައިލެވޭނެ ގޮތެވެ! މުސްތަޤްބަލުގެ ބައްތިތަކުގެ އަލިގަދަކޮށްލާށެވެ! އެއިރުން މާޒީގެ އަނދިރިކަމެއް ނުފެންނާނެއެވެ. އަނދިރިކަން ގެއްލިގެން ހިނގައިދާނެއެވެ. މާޒީގެ އަނދިރިކަމަށް ކިތަންމެ ވަރަކަށް ވިސްނިނަމަވެސް ކުރާނެ ފައިދާއެއް ނެތެވެ. އުފާވެރިކަން ލިބުންވަނީ މުސްތަޤްބަލުގެ އަލި ގަދަކޮށް ރީތިހައި ކުލަތަކުން މުސްތަޤްބަލް ޒީނަތްތެރިކޮށްލުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކު

މިއަދު އޮންލައިން