ބޮޑު ދައްޖާލް ފައުޅުވުމުގެކުރިން ދުނިޔެއިން ކާބޯތަކެތި ހުސްވެ ވަރަށް ބޮޑު ހައިހޫނުކަން ކުރިމަތިވާނެއެވެ. ބޮޑު ދައްޖާލު ފައުޅުވުމުން އެއެއްޗަށް ﷲ ތަޢާލާ ދެއްވަވާ ބާރުގެ ތެރެއިން ކާންބޯން ލިބޭނީ ދައްޖާލަށް ތަބާވެ އޭތީގެ ކަލާނގެވަންތަކަން ޤަބޫލުކުރާ މީހުންނަށެވެ. ދައްޖާލުގެ އަމުރަށް އުޑުން ވާރޭ ވެހޭނެއެވެ. ބިމުން ކާބޯތަކެތި ފަޅައި ހެދި ރިޒްޤް ލިބޭނެއެވެ.
މިކަންކަން ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވުމުން ޞަޙާބީން ކަންބޮޑުވެވަޑައިގެން އެހިނދު މުސލިމުންގެ ކާނާއަކީ ޛިކުރުކުރުން ކަމުގައި ޙަދީޘްފުޅު ކުރެއްވެވިއެވެ. އެއިގެ މާނައަކީ لَا إِلٰهَ إِلَّا ٱلله سبحان الله ٱلْحَمْدُ لِلّٰهِ الله أكبر ފަދަ ކަލިމަތައް ކިޔުމުގައި ދެމިތިބޭތީ ބަނޑުހައިވާކަން އިޙްޞާޞް ނުކުރެވުމެވެ.
“….He said: 'Because all the land will be tilled. Before Dajjal appears there will be three difficult years in which the people will suffer severe famine. In the first year, Allah will command the sky to withhold one third of its rain and the earth to withhold one third of its produce. In the second year, He will command the sky to withhold two thirds of its rain and the earth to withhold two-thirds of its produce. In the third year, he will command the sky to withhold all of its rain, and not a single drop will fall, and the earth to withhold all of its produce, and nothing will grow. All cloven-hoofed animals will die, except those that Allah wills.' It was said: 'What will the people live on at that time?' He said: 'Tahlil, Takbir, Tasbih and Tahmid. That will take the place of food for them.'" Abu 'Abdullah (Ibn Majah) said: "I heard Abul-Hasan Tanafisi say: 'I heard 'Abdur-Rahman Al-Muharibi say: "This Hadith should be sent to every teacher so that they can teach it to the children in the schools."
ނިކަން ބުނެބަލާށެވެ! ތިއަބައިމީހުންގެ ތެރެއިން އެކަކުވެސް ޛިކްރްކުރަން އިންނަން ހަދައިގެން ބަނޑުހައިކަން އިޙްޞާޞް ނުކުރެވިދޭހެއްޔެވެ؟
ނިކަންވިސްނައިލަބަލާށެވެ! ދިރިއުޅުމުގައި ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ކުރިމަތިވުމުން ކާބޯތަކެތިމަތިން ހަނދާން ނެތިގެންދެއެވެ. ބަނޑުހައިވާކަން އިޙްޞާޞެއް ނުކުރެވެއެވެ. ޛިކުރު ކުރުމުގައި އަހަރެމެން ތިބޭއިއރު އެކަން މެދުވެރިނުވަނީ މަރުވުމާއި ޤިޔާމަތް ދުވަހާއިމެދު އަހަރެމެންނަށް ކަންބޮޑު ނުވެވޭތީ ނޫންހެއްޔެވެ؟ ވީއިރު މިއަދުގެ މުސްލިމުންގެ ޙާލަކީ ކޮބައިހެއްޔެވެ؟
__ޝައިޚް އަބޫ ބަކުރު ޒައުދުގެ ދަރުސަކުން