މިއަދުގެ ޚުޠުބާއިންވެސް އެނގުނީ ސުންނަތާ އެއްގޮތަށް ނަމާދުކުރުމުގަ ސާބިތުވެތިބެންޖެހޭނެކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
މިއަދުގެ ޚުޠުބާއިންވެސް އެނގުނީ ސުންނަތާ އެއްގޮތަށް ނަމާދުކުރުމުގަ ސާބިތުވެތިބެންޖެހޭނެކަން!

މިއަދުގެ ޚުޠުބާގައިވެއެވެ.:

މުސްލިމް އަޚުންނޭވެ! މި ކައުނުގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ، މާތް الله ގެ އިރާދަފުޅުގެ މަތިންނެވެ. އަޅުތަކުން ކިތަންމެ މޮޅަށް، ކިތަންމެ ވަރަކަށް ކަންތައް ރޭވިކަމުގައި ވިޔަސް އެކަމެއް މާތް اللهގެ އިރާދަފުޅުގެ މަތިން މެނުވީ ނުހިނގާނެއެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ކަލޭގެފާނުންގެ ވެރި ރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ." 

މުސްލިމް އަޚުންނޭވެ! ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތް اللهގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އިރާދަފުޅުން ކަމަށް އަޅުގަނޑުމެން އީމާންވާ އިރު، އެކަލާނގެ ޝަރުޢު ކުރައްވާފައިވާ ކަންތައްތަކަށް އަޅުގަނޑުމެން ކިޔަމަންގަންނަން ޖެހޭނެއެވެ. މާތް الله އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެއެވެ. ހެޔޮކަންތަކަށް ގޮވާލުމާއި ނުބައިނޭދެވޭ ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަންވާނެއެވެ. އިސްލާމީ ޝަރީޢަތުގައި ވާގޮތަށް ޙަރާމްކަންތައް ޙަރާމްކަމުގައި ބަލައިގަންނަން ޖެހޭނެއެވެ. ޙަލާލުކަންތައް ޙަލާލު ކަންތައް ކަމުގައި ބަލައިގަންނަން ޖެހޭނެއެވެ. 

މުސްލިމް އަޚުންނޭވެ! މާތް الله މިކައުނުގައި ލައްވާފައިވާ ހުރިހާކަމެއް  ލައްވާފައި ވަނީ އަޅުތަކުންގެ މަޞްލަޙަތަށްޓަކައެވެ. އެކަން މޮޅަށް ދެނެވޮޑިގެން ވަނީ އެކަލާނގެއެވެ. އެކަލާނގެ ހައްދަވާފައިވާ ތަކެއްޗާއި އެތަކެއްޗަށް މިންވަރު ކުރައްވާފައިވާ ގޮތް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ. އެކަލާނގެއީ ހުރިހާ އުނިސިފަތަކަކުން ހުސްދުރުވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. މާތް الله ވަޙީ ކުރައްވާފައި ވެއެވެ. ﱣﭾﭿ ﮀ ﮁ ﮂﮃﮄﱢ  މާނައީ: "ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ." އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުން ހެއްދެވީ، ބޭކާރުގޮތުގައި، ކުޅިވަރަށް ކަމަށާއި، ހަމަކަށަވަރުން، ތިއަބައިމީހުން ތިމަން ރަސްކަލާނގެ ޙަޟުރަތަށް ރުޖޫޢު ނުކުރައްވާނޭ ކަމަށް، ތިއަބައިމީހުން ފަހެ، ހީކުޅައީ ހެއްޔެވެ؟" 

މިއަދުގެ ޚުޠުބާއިން: 

"މުސްލިމް އަޚުންނޭވެ! ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތް اللهގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އިރާދަފުޅުން ކަމަށް އަޅުގަނޑުމެން އީމާންވާ އިރު، އެކަލާނގެ ޝަރުޢު ކުރައްވާފައިވާ ކަންތައްތަކަށް އަޅުގަނޑުމެން ކިޔަމަންގަންނަން ޖެހޭނެއެވެ. މާތް الله އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެއެވެ." 

ﷲ ތަޢާލާ ޝަރުޢް ކުރައްވަވާފައިވާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ނަމާދުކުރުމަށެވެ! ސުންނަތާއި އެއްގޮތަށް ނަމާދުކުރުމަށެވެ. "މާތް الله އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެ" ކަމަށް އޮތުމުން ސުންނަތާއި އެގޮތަށް ޖަމާއަތުގައި ނަމާދުކުރުމާއި ސުންނަތާއި އެއގޮތަށް ސަފު ހަދައިގެން ނަމާދުކުރުން ހުއްތާލައިގެން ނުވާނެކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.

މިއަދު އޮންލައިން