3 އަހަރުގެ އަންހެން ކުއްޖެއްގެ އަނގައަށް ފަޓާހެއް ގޮއްވާލި މައްސަލައެއް އިންޑިއާގެ މީރުތުގެ ފުލުހުން ބަލަމުން އެބަގެންދެއެވެ. ފުލުހުން އެކަން ބަލަނީ މީހަކު މަރާލަން އުޅުނުކަމުގެ މައްސަލައެއްގެ ގޮތުގައެވެ.
ބެލެނިވެރިންނާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ ޗޮކްލެޓެއް ކަމަށް ބުނެ ކުއްޖާގެ އަނގައަށް ފަޓާހުގެ އެއްކޮޅު ލެއްވުމަށްފަހު ފަޓާހުގައި ރޯކޮށްލުމުން ކުއްޖާގެ އަނގައަށް ވަރަށް ބޮޑަށް އަނިޔާލިބިފައިވާ ކަމަށެވެ.
އަދި މިކަން ކުރީ ބޮޑު ފިރިހެން ކުއްޖެއް ކަމަށާއި އެކުއްޖާ ހޯދުމުމެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ޢާއިލާއިން ބުނެފައިވަނީ ދުލާއިއެކު އަނގައިގެ ބޮޑު ބައެއް ފިހިފައިވާ ކަމަށެވެ.