ފާފަކުރަން ހިތަށް އަރައިފިނަމަ އެކަމުން ސަލާމަތްވުމަށް ހިތްމައްޗަށް ގެންނަންވީ 3 ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ފާފަކުރަން ހިތަށް އަރައިފިނަމަ އެކަމުން ސަލާމަތްވުމަށް ހިތްމައްޗަށް ގެންނަންވީ 3 ކަންތައް-

ފާފަކުރަން ިތަށް އަރައިފިނަމަ އެކަމުން ސަލާމަތްވުމަށް 3 ކަމެއް ހަނދާންކުރާށެވެ. 

1- ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން 

(ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިނަމަވެސް އެކަން ﷲ ތަޢާލާ ވަގުތުން ދެކެދެނެވޮޑިގެންވެއެވެ. 

2- މަލާއިކަތް ބޭކަލުން ތިމާގެ ޢަމަލުތައް ލިޔުއްވަވާކަން

(ކުރާ ޮންމެ ޢަމަލެއް އެމީހެއްގެ ފަތުގައި ﷲ ތަޢާލާ ލިޔުއްވަވައެވެ.) 

3- ތިބާ ހީވެސް ނުކުރާހައި ގާތުގައި މަރުވާކަން

(މަރުވާނެ ވަގުތެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ހަމަކުއްލިއަކަށް މަރުވުން ދުނިޔޭގައި ދަނީ ގިނަވަމުންނެވެ.) 

މި 3 ކަންތައް ހިތްމައްޗަށް ގެނެވިއްޖެ ނަމަ އެމީހެއްގެ ހިތުގައި ފާފަކުރަން ބިރުވެތިކަން އުފެދި ފާފަކުރުމުން ދުރުހެލިވެވޭނެއެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން