ރޭގަނޑު ޤުރްއާން ކިޔެވުން ގިނަކުރަންޖެހޭނެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރޭގަނޑު ޤުރްއާން ކިޔެވުން ގިނަކުރަންޖެހޭނެ!: ޝައިޚް އަބޫބަކުރު ޒައުދު

ކީރިތި ޤިރްއާން އަބަދުވެސް ކިޔަވަންވީއެވެ. ދުވާލުވެސް ކިޔަވަންވީއެވެ. ރޭގަނޑުވެސް ކިޔަވަންވީއެވެ. އަދި ރޭގަނޑު ކިޔެވުން ގިނަކުރަން ޖެހޭނެއެވެ. އެހެން މިބުނަނީ ސަބަބުތަެއް ހުރުމުންނެވެ. 

ފުރަތަމަ ސަބަބަކީ ކޮންމެ ރަމަޟާން މަހެއްގައި ޖިބްރީލްގެފާނު ފައިބާވަޑައިގެން ރަސޫލް ﷺ އާއިއެކު ޤުރްއާން މުރާޖަޢާ ކުރެއްވެވީ ރޭގަނޑުއެވެ. ދެވަނަ ސަބަބަކީ ރަސޫލް ﷺ އެންމެ ގިނަ ވަޤުތު ޤުރްއާން ކިޔަވައި ވިދާޅުވަން ހޭދަކުރެއްވެވީ ރޭގަނޑުގެ ނަމާދުތަކުގައެވެ. 

މިދެސަބަބަށް އެކަނި ވިސްނައިލި ނަމަވެސް ރޭގަނޑު ޤުރްއާން ކިޔަވަން ގިނަ ވަގުތު ހޭދަކުރުމުގެ މުހިންމުކަން އެނގިގެންދެއެވެ. 

މީގެ އިތުރުން އެންމެ ބޮޑަށް ސަމާލުކަންދީގެން ޤުރްއާން ކިޔެވޭނީވެސް ރޭގަނޑުގެ ވަގުތުތަކުގައެވެ. ރޭގަނޑުގެ ފަހުބައިގައެވެ. އަދި އެވަގުތު ކިޔެވުމުގެ ފައިދާވެސް އިތުރުވެގެންދެއެވެ. 

ވީމާ އަހުރެންގެ ނަޞޭޙަތަކީ ކޮންމެ ރެއަކުވެސް އެމީހަކަށް ކެރިކުޅަދާންވާ މިންވަރަކުން ޤުރްއާން ކިޔެވުން ގިނަކުރުމެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން