ރާއްޖެއަށް ތަފާތު ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެރެކޮށް ހެޔޮ އަގުގައި ވިއްކަމުން ގެންދާ އުފަންވެލި ޝޮޕްތަކަށް ކެރެޓާއި ނިޔުޒީލަންޑްގެ ރަހަމީރު އާފަލުގެ ތަފާތު ވައްތަރުތަކާއި އެހެންވެސް ގިނަ ބާވަތްތަކުގެ އައު ޝިޕްމަންޓްތަކެއް އެތެރެކޮށް ހެޔޮ އަގުގައި ވިއްކަމުން އެބަ ގެންދެއެވެ.
"ކެރެޓް މިވަގު ބާޒާރުގައި ވަރަށް މަދު. އެހެންވެ އެންމެ ކޭހެއް ގަންނަ ކަސްޓަމަރުންނަށްވެސް ހެޔޮ އަގުގަ ރޭޓޭލް ކުރެވޭނެ ގޮތަށް ހޯލްސޭލްވެސް މިކުރަނީ. ވީހައި ހެޔޮ އަގުގަ ވިއްކަން މަސައްކަތްމިކުރަނީ." އެފިހާރައިން ބުނެފައިވެއެވެ.
ކުކުޅާއި ކުކުޅުގެ ތަފާތު ބާވަތްތަކާއި ގެރިމަސްވެސް ވަރަށް ހެޔޮ އަގުގައި ހޯލްސޭލްކޮށް އަދި ރީޓޭލް ކުރަމުން ގެންދާ އުފަންވެލި ޝޮޕްތަކުން ކުކުޅުބިސް ބިސްވެސް ހޯލްސޭލްކުރަނީ ބާޒާރަށްވުރެ ހެޔޮ އަގުގައެވެ. "އަޅުގަނޑުމެން ވިއްކާ ބިހަކީވެސް ވަރަށް ތާޒާ ބިސް. ބޭނުމަކީ ވިއްކެން އޮންނަ އެންމެ ހެޔޮ އަގުގަ ކަސްޓަމަރުންނަށް ތާޒާ ތަކެތި ފޯރުކޮށްދިނުން."
ފިޔާ، އަލުވި، ލޮނުމިދު، އިނގުރު، ބާސްމަތީ ހަނޑޫ ފަދަ ބާވަތްތައް ވެސް އުފަންވެލި ޝޮޕްތަކުން ގެންދަނީ އެންމެ ހެޔޮ އަގުގައި ވިއްކަމުންނެވެ.