މުފްތީ މެންކްގެ ޚާއްޞަ އިލްތިމާސް ޑޮކްޓަރުންނަށް! "އެހެން ދީންތަކުގެ ޑޮކްޓަރުންނަށްވުރެ އިޚްލާޞްތެރިކަމާ ފަރުވާތެރިކަން ކުރިއަށްނެރެންޖެހޭނެ!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
މުފްތީ މެންކްގެ ޚާއްޞަ އިލްތިމާސް ޑޮކްޓަރުންނަށް! "އެހެން ދީންތަކުގެ ޑޮކްޓަރުންނަށްވުރެ އިޚްލާޞްތެރިކަމާ ފަރުވާތެރިކަން ކުރިއަށްނެރެންޖެހޭނެ!"

ކޮންމެ ޢިލްމުވެރިއަކީ ދީނީ ޢިލްމުވެރިއަކަށްނުވެދާނެއެވެ. ޑޮކްޓަރުންނާއި އެކައުންޓެންޓުން ފަދަ މަސައްކަތްކުރާ މިހުންވެސް ތިބޭނެއެވެ. މުޖުތަމައު ކުރިއަރާނީ އެމީހުންގެވެސް ބައިވެރިވުމާއިއެކުގައެވެ. ވިސްނަންވީ ކަމަކީ ކޮންމެ ދާއިރާއަކުން ޢިލްމުވެރިވެގެން ހުރި ނަމަވެސް ﷲ ތައާލާއަށް އިޚްލާޞްތެރިވުމެވެ. 

މިސާލަކަށް މުސްލިމް ޑޮކްޓަރެއްގެ ކިބައިން ފަރުވާ ހޯދަން މީހަކު ހިނގައްޖެނަމަ އެމީހަކަށް އެހެން ދީންތަކުގެ ޑޮކްޓަރުންނަށްވުރެ ބޮޑަށް އިޚްލާޞްތެރިވާން ޖެހޭނެއެވެ. އޯގާތެރިވާން ޖެހޭނެއެވެ. އެފަދައިން އިޚްލާޞްތެރިވުމަކީ އިސްލާމް ދީނަށް ނަޞްރު ލިބޭނެ ކަމެކެވެ. މީސްތަކުންގެ ހިތްތަކުގައި މުސްލިމުންނަށް ލޯތްބާއި އިޙްތިރާމް އިތުރުވާނެ ކަމެކެވެ. 

ލަދުންހުރެ ނަމަވެސް ބުނަން ޖެހެނީ ވަރަށް ގިނަ އަދަދެއްގެ މުސްލިމް ޑޮކްޓަރުން ވަނީ މިކަމުގައި ވަރަށް ބޮޑަށް ފޭލްވެފައިކަމެވެ. ސެޓިފިކެޓެއް އަތަށް ލިބުމުން އެ ސެޓުފިކެޓަކީ ތިމާ ހޯދި އެއްޗަކަށް ހަދައި ދެއްވެވި ޙަޤީޤީ ފަރާތްމަތިން ހަނދާންނެތިކޮށްލައިގެންނެވެ.

ބަލި މީހާ އޮޅުން ނުފިލައިގެން ސުވާލެއް ތަކުރާރުކޮށްލިނަމަވެސް އޮންނަނީ ޖަވާބު ދޭނެ ވަގުތު މަދުވެފައެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެ މީހަކާ ބައްދަލުވުމުންވެސް ހިނިތުންވެ އޯގާތެރިކަމާއިއެކު މުޢާމަލާތުކުރުމަށެވެ. އަގުދީގެން އެޕޮއިންޓްމަންޓް ހޯދުމަކީ ޑޮކްޓަރުގެ ވަގުތު ވަގުތުމެވެ. ޑޮކްޓަރުގެ ވަގުތު ގަންނަނީ ޑޮކްޓަރު ކިޔާއަގެއް ދީފައެވެ. އެހެންކަމަށްވާއިރު ބޮޑުއަގުދީފައި ޑޮކްޓަރުންގެ ވަގުތު ގަނެގެން ވަންނަ މީހާ އާއި ﷲ ތަޢާލާ އަންގަވާފައިވާ މަގުން މުޢާމަލާމާތު ނުކުރުމުން ފާފަވެރިނުވާނީ ކީއްވެގެން ހެއްޔެވެ؟ 

މީގެ އިތުރުން ފަރުވާކުރުމުގައިވެސް ސަމާލުކަން އިތުރުކުރާށެވެ. ޑޮކްޓަރުންގެ އަޚްލާޤަކީ ވަރަށް މުހިންމު އެއްޗެކެވެ. މީހުން ވަރަށް ބޮޑަށް ބަލައިގަންނާނެއެވެ. ވީމާ ބޭސްލިޔެދީފައި ސިޓީ އަތަށް ދިއްކޮށްލަމުން ނުވަތަ އޮންލައިންކޮށްނަމަ ފޮނުވާލަމުން ބޭސް ޤަވާއިދުން ބޭނުންކުރުމަށާއި ޝިފާ ދެއްވެވުން އެދި ދުޢާކުރަން ނަޞޭޙަތްތެރިވާންވާނެއެވެ. ލިޔެދުން ބޭހުގައި ބަރަކާތް ލެއްވެވުން އެއިރުން އިތުރަށް ގާތްވެގެންދެއެވެ. އިން ޝާ ﷲ 

- މަޢްލޫމާތު: މުފްތީ މެންކްގެ ދަރުސަކުން 

މިއަދު އޮންލައިން