ދުޢާކޮށް އެދުނު ބައިވެރިޔާ ނުދެއްވެވިނަމަ އެއީ ތިބާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ކަމުގެ ހެއްކެއްކަން އެނގޭނެ ކަންކަން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދުޢާކޮށް އެދުނު ބައިވެރިޔާ ނުދެއްވެވިނަމަ އެއީ ތިބާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ކަމުގެ ހެއްކެއްކަން އެނގޭނެ ކަންކަން!: މުފްތީ މެންކް

މިހާރަކަށް އައިސް އެންމެ ގިނަ ޒުވާނުން ކަންބޮޑުވާ އެއްކަމަކީ އެމީހުން ދުޢާކޮށް އެދެމުން ދިއަ ލޯބިވެރިޔާ، އޭނާގެ ބައިވެރިއެއްގެ ގޮތުގައި ނުދެއްވެވުމެވެ. މިފަދަ ގޮތް މެދުވެރިވުމުން ލިބޭ މާޔޫސްކަން ބޮޑުވެ ދުނިޔޭގައި ހުންނަން ބޭނުން ނުވާ މީހުން ވެސް އެބަ އުޅެއެވެ. 

ނަމަވެސް ކަމުގެ ޙަޤީޤަތް މުޅިން ތަފާތެވެ. ތިބާ ދުޢާކުރަމުން ދިއަ ލޯބިވެރިޔާ ބައިވެރިއެއްގެ ގޮތުގައި ނުދެއްވަވާނީ ތިބާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ. ނުދެއްވެވަވާނީ ދެއްވަވައިފިނަމަ އެކަމުން ތިބާއަށް ލިބޭނެ ގެއްލުން މާބޮޑުވާނެތީއެވެ. 

ﷲ ތަޢާލާގެ ވަޙީބަސްފުޅުން ޔަޤީންކުރަންވީ މިކަންކަމެވެ. 

- އަހަރެމެންކުރާ ކޮންމެ ދުޢާއެއްގެ އަޑު އައްސވައިވޮޑިގެންވާކަން

- ޢިޖާބްކުރައްވަވާނެކަން

- އެދުނު ކަންތައް މާފައިދާހުރި ގޮތުގަ މިންވަރުކުރައްވަވާނެކަން

- ހިންމަވައި ދެއްވަވާނީ އެކަމެއް ޙާޞިލުވުމުން އެމީހަކަށް އެންމެ ފައިދާކުރާނެ ވަގުތުގައިކަން

- ހިންމަވައިދެއްވަވާނެކަން ޔަޤީންކޮށްގެން ކުރާ އިންތިޒާރަކީ އެކަމަށްވެވޭ ކެތްތެރިކަމުގެ ސަބަބުން ތިބާ ސުވަރުގެ ވައްދަވައިފާނެ ޢަމަލެއްކަން 

- ﷲ ތަޢާލާއަށް ވަކީލްކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަން

އެދުނު ލޯބިވެރިޔާ ނުދެއްވަވާ ބައެއް ސަބަބުތައް:

- އޭނާއަކީ ތިބާއަށް ފައިދާކުރާނެ ބައިވެރިއަކުކަމުގަ ނުވެދާނެކަން

- ކައިވެނި ދެމިގެން ނުދާނެކަން

- ދަރިން ނުލިބިދާނެކަން

- ލިބޭ ދަރިންގެ ކިބައިގަ ބޮޑެތި މައްސަލަތަކެއް ހުރެދާނެކަން

- އޭނާއަކީ ދާދި އަވަހަށް ތިބާ ދެކެ ފޫހިވާނެ މީހަކުކަން 

މިފަދަ އެއްވެސް ކަމެއް އަހަރެމެން އެކަކަށްވެސް ނުއެނގޭނެތެވެ. ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެންވެ އެކަލާނގެ ވަޙީކުރައްވަވާފައިވެއެވެ. "ތިއަބައިމީހުންނަކަށް ނުއެނގެއެވެ. ތިމަން ﷲ ދެނެވޮޑިގެންވަމުއެވެ." (އަލްބަޤަރާ: 216) 

ވީމާ މިކަންކަމަށް ފުރިހަމައަށް ވިސްނައިފިނަމަ އެދުނު ލޯބިވެރިޔާ ނުލިބިގެން މާޔޫސްވެ ހިތާމަކުރާކަށް ނުޖެހޭނެއެވެ. ލިބޭނީ އުފާވެރިކަމެވެ. އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން