ޛުލްޙިއްޖަ މަހުގެ ފުރަތަމަ 10 ދުވަހަކީ ދުވަސްތަކުގެ ތެރެއިން އެންމެ މާތް، އެންމެ އިތުރުކަންބޮޑު 10 ދުވަސްކަމުގައިވާއިރު ވީހައި ގިނަ އަޅުކަން އެދުވަސްތަކުގައި ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްމުވެރިން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ.
އެގޮތުން އެދުވަސްތަކުގައި ރޯދަ ހިފުން ގިނަކުރުމާއި ކެރިކުޅަދާނަވެގެންވާނަމަ ޢަރަފާތު ދުވަހާއިއެކު 9 ދުވަހު ރޯދަ ހިފުމާއި އެހެންވެސް އަޅުކަންކުރުން ގިނަކުރަންޖެހޭނެ އިރު އެދުވަސްތަކުގައި ޚަތިމެއް ކޮށްލެވުމަކީވެސް ވަރަށް މަތިވެރި އަޅުކަމަކަށް ވެގެންދާނެއެވެ. އިން ޝާ ﷲ
ޙައްޖު މަހުގެ ފުރަތަމަ 8 ދުވަހުން ޤުރުއާން ޚަތިމު ކުރާނެ ގޮތުގެ ތާވަލު
ފުރަތަމަ ދުވަސް: سورة الفاتحة އިން سورة ال عمران ގެ ނިޔަލަށް
ދެވަނަ ދުވަސް: سورة النساء އިން سورة المائدة ގެ ނިޔަލަށް
ތިންވަނަ ދުވަސް : سورة الأنعام އިން سورة التوبة ގެ ނިޔަލަށް
ހަތަރުވަނަ ދުވަސް: سورة يونس އިން سورة السراء ގެ ނިޔަލަށް
ފަސްވަނަ ދުވަސް: سورة الكهف އިން سورة النور ގެ ނިޔަލަށް
ހަވަނަ ދުވަސް : سورة الفرقان އިން سورة فاطر ގެ ނިޔަލަށް
ހަތްވަނަ ދުވަސް: سورة يـس އިން سورة الحديد ގެ ނިޔަލަށް
އަށްވަނަ ދުވަސް: سورة المجادلة އިން سورة الناس ގެ ނިޔަލަށް
ނުވަވަނަ ދުވަސް މިއީ ޢަރަފާތު ދުވަހެވެ. މި ދުވަހު ދުޢާކުރުމާއި ތަހްލީލް ކިޔުމާއި ތަކްބީރު ކިޔުމަށް ޚާއްޞަކުރާށެވެ!. މި މެސެޖު އަނެކާއަށް ފޯރުކޮށްދޭށެވެ!