ކައިވެނިކުރުމުގެ މާކުރިން ގިނަބައަކަށް އެންގުމަކީ ކައިވެނި ނުކުރެވިދާނެ ސަބަބެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
ކައިވެނިކުރުމުގެ މާކުރިން ގިނަބައަކަށް އެންގުމަކީ ކައިވެނި ނުކުރެވިދާނެ ސަބަބެއް!: މުފްތީ މެންކް

މިހާރަކަށް އައިސް ކައިވެނި ކުރުމުގެ އަހަރު ދެއަހަރުކުރިންވެސް އެކަން އެބަ އިޢްލާނުކުރެއެވެ. ކައިވެނިކުރުމުގެ އެތައް މަސް ކުރިން ކައިވެނީގެ ހަފްލާއަށް ދައުވަތުދީ ކާޑު އެބަ ބަހައެވެ. މިއީ އަހުރެންގެ ނަޒަރުގައި ކުރަން އެހައި ރަނގަޅު ކަމެއް ނޫނެވެ. 

ފުރަތަމަ ސަބަބަކީ ޚިޔާލަކީ ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެއެއްޗެއްކަމެވެ. ކުރެވޭ ކިތަންމެ ކުޑަކަމެއްގެ ސަބަބުންވެސް މައްސަލަތައް އުފެދި ގުޅުންތައް ބާޠިލުކުރެވޭ ކަމެވެ. އަދި އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ މާޔޫސްވާންޖެހުނު މީހާއަށް ނިކަމެތިކަމާ ލަދުވެތިކަންވެސް ކުރިމަތިވާކަމެވެ. 

ދެވަނަ ސަބަބަކީ އޮތް އެންމެ ބިރުހުރި އަދި ގެއްލުންހުރި ސަބަބެވެ. ކިތަންމެ ގާތް މީހާގެވެސް ހިތެއް ނުއެނގޭނެއެވެ. އަދި ޣާތް މީހުން ކަމަށް ހެދިގެން ޙަސަދަވެރިން ތިބޭނެކަމެވެ. އެހެންކަމަށްވާއިއރު މީހެއްގެ ހަސަދަވެރިކަމާ އެސްފީނާއިން ވެސް ކައިވެންޏަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އޮތުމުންނެވެ. 

ދެން ބަލައިލަންވީ އެކަން ދީނީ ގޮތުން އޮތް ގޮތެވެ. ދީނީ ގޮތުން ބަލާއިއރު ކައިވެނި ކުރުމުގެ ކުރިން އެކަން އެންމެންނަށް އެންގުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ.

އެކަން އެނގިގެންދަނީ އެންމެ މާތް ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޢަބްދުއްރަޙްމާން ބިން ޢައުފްގެ ކައިވެނިފުޅުންނެވެ. 

އެކަލޭގެފާނަކީ އެންމެ ބޮޑެތި މުއްސަނދިންގެ ތެރެއިން ހިމެނިވަޑައިގެންނެވި ޞަހާބީއެކެވެ. އެހައިމެ މަތިވެރިކަން ހޯއްދަވައިގެން ހުންނެވި ޞަހާބީއެކެވެ. އެއް ދުވަހަކު އެކަލާގެފާނުގެ ހެދުންކޮޅުގައި އަތަރުގެ އަސަރު ހުރުމުން ރީނދޫކަން ހުރުމުން އެއީ ކޮން ކަމަކާއި ގުޅިގެން ހިނގާފައިވާ ކަމެއްތޯ ރަސޫލް (ﷺ) ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި ވިދާޅުވީ ކައިވެނިފުޅު ކުރެއްވެވީ ކަމަށެވެ. 

ރަސޫލް (ﷺ) އޭނާގެ ކައިވެނިފުޅަށް ހެޔޮ ދުޢާ ކުރެއްވެވިއެވެ. އަދި ބަކައްޓެއްގެ މިންވަރުން ނަމަވެސް ވަލީމާ ދެއްވެވުމަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. 

Sayyiduna Anas ibn Malik (Allah be pleased with him) narrates that the Messenger of Allah (Allah bless him & give him peace) saw a yellow mark on Abdur Rahman ibn Awf (Allah be pleased with) and said: “What’s this?” He replied: “I have married a woman with the dowry being gold to the weight of a date-stone.” 

The Messenger of Allah (Allah bless him & give him peace) said: “May Allah bless you (in your marriage), perform a Walima, even if it is only with a goat.” (Sahih al-Bukhari,no. 4872)

މިޙަދީޘްފުޅުން އެނގިގެންދަނީ ޢަބްދުއްރަޙްމާން ބިން ޢައުފް އެކަލޭގެފާނުގެ އެންމެ ލޯބިފުޅުވާ ރަސޫލް (ﷺ) އަށްވެސް ނުދަންނަވައި އެކައިވެނިފުޅު ކުރެއްވެވި ކަމެވެ. އެކަމާއި ގުޅިގެން (ވިދާޅުނުވެ ކައިވެނިފުޅު ކުރެއްވެވީތީ) ރަސޫލް ބަސްފުޅެއް ޙަދީޘްފުޅު ނުކުރައްވަވާ ކަމެވެ. 

މީގެ އިތުރުން ތަނަވަސްކަން ހުރިނަމަވެސް ކޮންމެހެން ޖަމަލެއް ކަތިލައި ބޮޑު ވަލީމާއެއް ބޭއްވުމަކީވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމެވެ. އެކަލޭގެފާނަކީ ޖަމަލު ކަތިލައިގެން ކިތަންމެ ބޮޑު ވަލީމާއެއްވެސް ބޭއްވެވޭވަރުގެ ތަނަވަސްކަން ލިބިވަޑައިގެން ހުންނެވި ބޭކަލެއް ނަމަވެސްމެއެވެ. އެ ޒަމާނުގައި ބަކައްޓެއް ކަތިލުމަކީ އެންމެ އާދައިގެ މިންވަރެވެ. 

ދެން ހަމަ ދާދި އިހަށް ދުވަހަކު ހިނގައި ދިއަ ކަމެކެވެ. ފިރިހެނަކު އަނހެނެއްގެ ކައިވެންޏަށް އެދިގެން ދިއުމުން އަންހެން ކުއްޖާގެ ބައްޕަ ފުރަތަމަވެސް ދައްކަން ފެށީ ކައިވެންޏަށް ދައުވަތުދޭން ޖެހޭނެ މީހުންގެ ޢަދަދުގެ ވާހަކައެވެ. އެވަގުތު ކައިވެންޏަށް އެދިގެން ދިއަ މީހާ ވަރަށް ކަންބޮޑުވިއެވެ. އޭނާ ހިތަށް އެރީ ފުރަތަމަ ކަމަކަށް ބޮޑު ކައިވެނީގެ ހަފްލާއެއް ބޭއްވުމުގެ ވާހަކަތައް ދެއްކުމުން ކައިވެންޏަށްފަހު ކުރިމަތިވާނީ ކޮންފަދަ ކަންތައްތަކެއް ބާވައެވެ! އެހިސާބުން ކައިވެނިކުރުން ހުއްޓައިލުމަށްފަހު އެނބުރި ދިއައީއެވެ. 

ވަލީމާ ބޭއްވުމަކީ ނުވަތަ ވަލީމާ ދިނުމަކީ ސުންނަތެކެވެ. ނަމަވެސް އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުންނެވެ. ބާއްވަން އެމީހާއަށް ޤަބޫލުކުރެވޭ ފެންވަރެއްގައި ބޭއްވުމުން ފުދޭނެއެވެ. އެކަމުގައި އެހެން މީހަކާއި ވާދަކުރުމެއް ނެތެވެ. އެއިރުން އެކަންވެގެންދާނީ ދެއްކުންތެރި ކަމަކަށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން