ބުރުގާ ނަގަން އުނދަގޫވާތީ ވުޟޫ ނުކުރެވިގެން ތިބުމެއް ނެތް! މަސައްކަތުގަ އުޅެމުން، ބުރުގާ އަޅައިގެންހުރެވެސް ވުޟޫކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބުރުގާ ނަގަން އުނދަގޫވާތީ ވުޟޫ ނުކުރެވިގެން ތިބުމެއް ނެތް! މަސައްކަތުގަ އުޅެމުން، ބުރުގާ އަޅައިގެންހުރެވެސް ވުޟޫކުރެވޭނެ!

އޮފީސްތަކަށް ވަޒީފާ އަދާކުރަންދާ ގުރުގާއެޅި ބައެއް އަންހެނުންނަށާއި ބުރުގާއަޅާ ދަރިވަރުންނަށް ރަސްމީ ވަގުތުތަކުގައި ވުޟޫކުރަންދަތިވާކަމަށްބުނެއެވެ. އަދި އެކަމުގައި ލުއިފަސޭހަގޮތެއް އޮތްތޯ ސުވާލުކުރާތީ ގެނެސްމިދެނީ މިކަމުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބެވެ! 

"ބުރުގާ އަޅާ އަންހެނަކު ވުޟޫ ކުރަން ބުރުގާ ނެގުން ދަތިވާ ޙާލަތުގައި ބޮލާއި ކަންފަތުގައި ފެންލުމަށް ބުރުގާ މަތިން ފެން ޖެއްސިދާނެއެވެ. އަދި ބުރުގާ ދަށުން ނިތްކުރިމަތިން އިސްތަށީގައި ފެންޖެއްސުމުން ވެސް ފުދޭނެއެވެ. 

ދެއަތަށް ފެންލާއިރު އަތްތިލައާއި އުޅަނބޮށްޓާއިއެކު އަތުގައި ހޭކޭ ގޮތަށް ފެންލާން ޖެހޭނެއެވެ." 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވީ ބުރުގާ އަޅައިގެން ސްކޫލްތަކަށް ދާ ދަރިވަރުން ސްކޫލްގައި ވުޟޫކުރާއިރު ބުރުގާ ނަގައިގެން ވުޟޫ ކުރަން އުނދަގޫވާކަމަށް ބުނެ ބައެއް ބެލެނިވެރިން ހުށަހެޅި ސުވާލަކާއި ގުޅިގެންނެވެ. 

ނަމާދުކުރުމަށް އިސްލާމް ދީނުގައި ވަނީ ވަރަށް ލުއި ފަސޭހަ ގޮތް ހަމަޖައްސަވައިދެއްވަވައިފައެވެ. އަޅުގަނޑުމެންނަށް އޮތީ 5 ނަމާދު ބަރާބަރަށް ކުރަމުން ގެންދިއުމެވެ. ނަމާދުކުރަން ބުނުމުން ބައެއް ދަރިވަރުން ނަމާދު ނުކުރުމަށްޓަކައި އެކުދިން ތިބީ ނަމާދު ނުކުރެވޭ ޙާލަތުގައި ކަމަށްބުނެ ޢުޒުރުދައްކާ ކަމުގެ ވާހަކަ ދެކެވެއެވެ. 

އެފަދަ ދަރިވަރުންނަށް ވިސްނައިދޭންވީ ދޮގު ބުނުމަކީ ފާފައެއް ކަމާއި ނަމާދު ނުކުރުމަށްޓަކައި ދޮގު ބުނުމަކީ އިތުރަށް ފާފަވެރިވާނެ ކަމެއް ކަމެވެ. އަދި އޭނާ ހުރި ޙާލަތު މުދައްރިސުންނަށް އޮޅުވައިލެވުނު ނަމަވެސް ﷲ ތަޢާލާ އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާ ކަމެވެ. އެފަދަ ކަންކަން ކުރުމުން އެކަމުގެ ޝަޒާ މިދުނިޔޭގައިވެސް ފެނިދާނެ ކަމާއި ފެންނާނީ ކޮން ދުވަހަކު ކޮން ގޮތަކަށްކަން އެއްވެސް މީހަކަށް ނުވެސް އެނގޭނެ ކަމެވެ.

މިއަދު އޮންލައިން