ފެން ނުލިބިއްޖެ ނަމަ ތައްޔައްމަމް ކުރައްވާ! ވެޓްވައިޕްސް، ވެޓް ޓިޝޫ ބޭނުންކޮށްގެން ވުޟޫއެއް ނުކުރެވޭނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ފެން ނުލިބިއްޖެ ނަމަ ތައްޔައްމަމް ކުރައްވާ! ވެޓްވައިޕްސް، ވެޓް ޓިޝޫ ބޭނުންކޮށްގެން ވުޟޫއެއް ނުކުރެވޭނެ!: ޑރ. އިޔާޟް

ކޮންމެ ކަމެއްގައިވެސް ެސް އޮތް އެންމެ ފަސޭހަ ގޮތް އޮޅުންފިލުވަން ބޭނުންވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެއީ ހަމަ ކުރަންޖެހޭ ވެސް ކަމެކެވެ. ވުޟޫކުރެވެން ހުރި އެންމެ ލުއި ފަސޭހަ ގޮތްތައް ދަސްކުރުމަކީވެސް ހަ ކުރަންޖެހޭނެ ކަމެވެ. 

"ތާހިރުވާނެ ފެން ނުހުންނަ ފާޚާނާ ތަކުގައި ސާފުކުރުމަށް ހުންނަ ވޯޓަރ ވެޓް ވައިޕްސް ބޭނުންކޮށްގެން ރަނގަޅަށް ތާހިރުވުމުން ވުޟޫ ކުރުމަށް ޞައްޙަވާނެތޯ؟" މީގެ އަހަރުތަކެއް ކުރެވެން ފެށި ސުވާލު މިހާރުވެސް އަންނަނީ ހަމަ ކުރެވެމުންނެވެ. 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ގެ ޖަވާބު: 

"ވުޟޫ ކުރެވޭނީ ސާފުފެނުންނެވެ. ވެޓްވައިޕްސް/ވެޓް ޓިޝޫއަކީ އޭގެ ވަހާއި ރަހަ ބަދަލުވެފައިވާ އެއްޗެކެވެ. ވީމާ އެއިން ވުޟޫކުރުން ހުއްދަވެގެނެއް ނުވެއެވެ. ފެން ނުލިބިއްޖެ ނަމަ ތައްޔައްމަމް ކުރާނީއެވެ."

"ވެޓް ވައިޕްސް/ވެޓް ޓިޝޫ ބޭނުންކޮށްގެން ތާހިރު ވެވޭނެއެވެ. ނުކުރެވޭނީ ވުޟޫ އެވެ."

މިއަދު އޮންލައިން