އާދިއްތަ ދުވަހުން ފެށިގެން ހިނގަމުން މިދަނީ މުޙައްރަމް މަހުގެ ފުރަތަމަ 10 ދުވަހެވެ. އަހަރުގެ ދުވަސްތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑު އެންމެ މަތިވެރިކަން ބޮޑު ދުވަސްތަކެވެ. ބުރާސްފަތި ދުވަހާއި ހަމައަށް ހިނގަމުން މިދަނީ ރަސްމީ މަސައްކަތު ދުވަސްތަކަކަށްވުމުން ސުންނަތް ރޯދަ ނުހިފުނު މީހުންވެސް ތިބޭނެއެވެ.
އެފަދަ މީހުންނަށް ބުނެލަން އޮތީ ހުކުރު ދުވަހުން ފެށިގެން ހޯމަ ދުވަހަށް ނަމަވެސް ރޯދަ ހިފާށެވެ. އެއިރުން ޙައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހާއިއެކު ރޯދަ ހިފުނީއެވެ. ރޯދަ ހިފުން ސުންނަތްވެގެންވާ 4 ދުވަހު ރޯދަ ހިފޭނެއެވެ.
ހުކުރު ދުވަހުން ފެށިގެން ރޯދަހިފުމާއިމެދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވެއެވެ.
"މާދަމާ، ހުކުރު ދުވަހުން ފެށިގެން ރޯދަހިފަން ފެށިދާނެއެވެ. މަނާވެގެންވަނީ ހުކުރު ދުވަހު އެކަހެރިކޮށް (ހުކުރު ދުވަހު އެކަނި) ރޯދަ ހިފުމެވެ. ވީމާ ހުކުރު ދުވަހު ރޯދަ ހިފާފައި ހޮނިހިރު ދުވަހުވެސް ރޯދަ ހިފާނަމަ މައްސަލައެއް ނެތެވެ."