ނުބައި 1000 ރަހްމަތްތެރިން ތިބާ ގެންދާނީ ނަރަކައަށެވެ! ރަނގަޅު އެންމެ ރަހްމަތްތެރިއަކު ލިބުނު ނަމަވެސް ތިބާ ގެންދާނީ ސުވަރުގެއަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ނުބައި 1000 ރަހްމަތްތެރިން ތިބާ ގެންދާނީ ނަރަކައަށެވެ! ރަނގަޅު އެންމެ ރަހްމަތްތެރިއަކު ލިބުނު ނަމަވެސް ތިބާ ގެންދާނީ ސުވަރުގެއަށެވެ!

ހެޔޮލަފާ އެންމެ އެކުވެރިއަކު ލިބުނު ނަމަވެސް އެމީހާ ދޫކޮށްނުލާށެވެ! އެމީހަކާއި ވީވަރަކުން އެކުވެރިވެ ގުޅުން ބަދަހިކުރާށެވެ! ނުބައި 1000 ކީއްކުރަންހެއްޔެވެ؟ ނުބައި އެއް މިލިއަން އެކުވެރިންނަށްވުރެވެސް ހެޔޮ ލަފާ އެންމެ އެކުވެރިއެއްގެ ސަބަބުން ކުރާ ފައިދާ މާބޮޑުވާނެއެވެ. 

ނަމަވެސް ހިތާމައަކީ ގިނަ ބައަކު އަބަދުވެސް ބަލަނީ ރައްޓެހިން ނުވަތަ ރަހްމަތްތެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކަށެވެ. އެއީ ކޮން ބައެއްތޯ ބަލަނީ މަދު މީހެކެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. 

ނުބައި 1000 ރަހްމަތްތެރިން ތިބި ނަމަވެސް އެމީހުން ތިބާ ގެންދާނީ ނަރަކައަށެވެ! ރަނގަޅު އެންމެ ރަހްމަތްތެރިއަކު ލިބުނު ނަމަވެސް ތިބާ ގެންދާނީ ސުވަރުގެއަށެވެ! މާނައަކީ ތިބާ ސުވަރުގެ ގެންދަން މަސައްކަތްކުރާނެ ކަމެވެ. ވީއިރު ބޭނުމީ 1000 ނުބައި ރަހްމަތްތެރިން ހެއްޔެވެ؟ ނޫނީ ހެޔޮލަފާ އެންމެ ރަޙްމަތްތެރިއަކު ހެއްޔެވެ؟ 

މުސްލިމުންގެ ތެރެއިން ނަރަކައަށް ވަންނަން ޖެހޭ ގިނަ ބައަކު އެންމެ ހިތާމަކުރާނީ އެމީހުންނަށް އެކުގައި އުޅެވުނު އެކުވެރިންނާއިމެދުގައެވެ. އެމީހުންގެ އަވާގައި ޖެހި އާޚިރަތް ނަގައިލެވުނުކަމާއިމެދުގައެވެ. އެހެނީ ނުބައި އެކުވެރިން އިޚްތިޔާރުކޮށްފިނަމަ ވަރަށް މަދު މީހަކަށް ނޫނީ އެމީހުންގެ ނުބައިކަމުން ސަލާމަތެއް ނުވެވޭނެއެވެ. 

ވީމާ އާދޭހާއިއެކު ބުނަމެވެ. ބަންގީގެ އަޑު ނުއިވޭ ހަމަ އެކަކުވެސް އެކުވެރިންގެ ތެރޭގައި ނުގެންގުޅޭށެވެ! ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ކުރާ ހަމައެކަކުވެސް އެކުވެރިންގެ ތެރޭގައި ނުގެންގުޅޭށެވެ! އެކުވެރިންގެ އަދަދު މަދުވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ޚާއްޞަ އެކުވެރިއަކު ނެތުމަކީވެސް މައްސަލައެއް ނޫނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން