ބިރުވެތިވޭ!: ﷲ ތަޢާލާގެ މަގުގަ ވަގުތު ހޭދަކުރަން ދަހިވެތި ނުވުމަކީ މުނާފިޤްކަމުގެ ސިފައެއް!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބިރުވެތިވޭ!: ﷲ ތަޢާލާގެ މަގުގަ ވަގުތު ހޭދަކުރަން ދަހިވެތި ނުވުމަކީ މުނާފިޤްކަމުގެ ސިފައެއް!: ޝައިޚް އަބޫބަކުރު ޒައުދު

މުޞީބާތްތައް ކުރިމަތިވެގެން އުޅޭ ނުވަތަ ހިތްދަތިކަމުގައި އުޅޭ މީހަކާއިވެސް ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުކުރަންތޯ؟ ދަމުނަމާދުކުރަންތޯ؟ ޤުރްއާން ކިޔަވައި ޛިކުރުކުރަންތޯ؟ ސުވާލުކޮށްފިނަމަ ގިނަމީހުން ބުނަނީ ދިރިއުޅުމަށް ކުރަންޖެހޭ މަސައްކަތްގިނަކަމުން އެކަންކަންކުރާނެ ވަގުތު ނުވާކަމަށެވެ. 

އެފަދަ މީހުންނާއި އިތުރަށް ކުރާ ސުވާލުތަކުން އެނގެނީ ކޮންމެ ދުވަހަކުވެސް 4 ގަޑިއިރާއި 6 ގަދިއިރާއި ދެމެދުގެ ވަގުތުތު ސޯޝަލް މީޑިއާގައާއި ކޮފީ ބުއިން ފަދަ އެމީހާގެ އާޚިރަތަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަން ކުރަން ހޭދަކުރާ ކަމެވެ. 

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުއްޓަންޖެހޭނެ ވަގުތު އޭނާއަށް ދެއްވެވި ވަގުތުގެ ބޭނުންކުރި ގޮތަކާއިމެދު ސުވާލުކުރައްވަވާނެތެވެ. އެވަގުތު ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ 

ދަހިވެތިވުމަކީ މުނާފިޤުންގެ ސިފައެވެ. މިކުރެވޭކަމަކީ ﷲ ތަޢާލާ ވަގުތު ދެއްވެވުމުން ދަހިވެތިވެވެނީއެވެ. ﷲ ތަޢާލާ އަށް އަޅަންޖެހޭ ބައި ނާޅައި ތިމާ ބޭނުންވާ ކަންކަން ކުރަން ބައި އެޅެނީއެވެ. އެކަން ހިމެނިގެންދާނީ މުނާފިޤުންގެ ސިފައަކަށެވެ. 

ވީމާ ބިރުވެތިވާށެވެ! ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކަށް ވަގުތު ދިނުމާއިއެކު ޚާއްޞަކޮށް ދަމުނަމާދަށް ވަގުތުދޭން ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ޤުރްއާން ކިޔެވުމާއި ޛިކުރުކުރަން ވަގުތުދޭށެވެ. ބައިގަޑިއިރު ޤުރްއާން ކިޔަވަން ނުވަތަ ޛިކުރުކުރަން ޤަޞްދުކޮށްގެން އިށީންނަ މީހާ 45 މިނިޓް އިރު މަޑުކުރާށެވެ. ﷲ ތަޢާލާގެ މަގުގައި ވަގުތު ހޭދަކުރުމުގަ ދީލަތިވުމަކީ އެއީއެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން