ޙައްޖު ދުވަހު ނުވަތަ ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ފާއިތުވި އަހަރުގައި ކުރެވުނު ފާފަތަކާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ޢަމަލެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ "ރޯދަވަނީ ތިމަން ﷲ އަށެވެ. އަދި ރޯދައަށް ދަރުމަ ދެއްވަވާ ހުށީވެސް ތިމަން ﷲ އެވެ."
މިބަސްފުޅުގެ މާނައަކީ ރޯދަހިފުމުން ޘަވާބު ދެއްވެވުމުގައި އެއްވެސް ލިމިޓެއް ނެތްކަމެވެ. ވީމާ ޙައްޖުވެރިން ޢަރަފާތު ބިމުގައި ތިބޭ ދުވަހު ރޯދަހިފަން ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އަދި ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ރޯދަހިފަންވެސް މަސައްކަތްކުރަންވާނެއެވެ.
މީގެ އިތުރުން ރޯދަ ހިފަން އެހެން މީހުންނަށް ހިތްވަރުދީ އެމީހުންލައްވައި ރޯދަ ހިއްޕުވަންވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ތިމާގެ ސަބަބުން އެހެން މީހަކު ރޯދަ ހިފައިފިނަމަ އެމީހާ ހިފި ރޯދައިން އުނި ނުކުރައްވަވައި ހިތްވަރު ދިން މީހާއަށްވެސް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިރޭ ކުރިއަށް ގެންދެވި ޕްރޮގްރާމުން