ޖިންސު ބަދަލުކުރުމަކީ މާތް ﷲ ޚަލްޤުކުރައްވާފައިވާ ގޮތް ބަދަލުކުރުމަށް ހިންގާ ޢުދުވާނީ ޢަމަލެއް!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޖިންސު ބަދަލުކުރުމަކީ މާތް ﷲ ޚަލްޤުކުރައްވާފައިވާ ގޮތް ބަދަލުކުރުމަށް ހިންގާ ޢުދުވާނީ ޢަމަލެއް!: ޑރ. ޝަހީމް

"ޖިންސު ބަދަލުކުރުމަކީ މާތް ﷲ ޚަލްޤުކުރައްވާފައިވާ ގޮތް ބަދަލުކުރުމަށް ހިންގާ ޢުދުވާނީ ޢަމަލެކެވެ. ކުރީގެ ސަމާވީ ޝަރީޢަތެއް ވެސް އެޢަމަލު ހުއްދަ ކޮށްފައެއް ނުވެއެވެ. އެ ޢަމަލަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ވެގެންވާ ލަޢުނަތް ހުރި ޢަމަލެކެވެ. އެފަދަ ކަންކަމުން ދުރުވާންޖެހޭނެއެވެ.!"

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ކުރީގެ އިސްލާމިކް މިނިސްޓަރު، މޯލްޑިވެސް އިންސާލާމިކް މިނިސްޓްރީގެ ކުރީގެ ޗާންސެލަރ) 

ދިވެހި އަންހެނަކު މިހާރުވަނީ ފިރިހެނަކަށް އޭނާގެ ޖިންސް ބަދަލުކޮށްފައެވެ. އެކަންކުރީ އޮސްޓްރޭލިއާގައި ހުރެއެވެ. ސުވާލަކީ މާދަމާ އޭނާ ހަަމ ދިވެއްސެއްގެ ގޮތުގައި ރާއްޖެއައުމުން ދެން ކަންކަން ވާނެގޮތެވެ؟ އަޅާނެ ފިޔަވަޅެކެވެ. ދިވެއްސަކަސްވީތީ ހަމަ ދިވެހިރައްޔިތެއްގެ ހައިޞިއްޔަތުގައި އުޅެވޭނެނަމަ ޖިންސް ބަދަލުކުރަން ހުއްދަ ދެވުނީ ކަމަށް ނުވާނެތޯއެވެ؟

އިސްލާމް ދީނުގައިވާ ކަމެއްގެ ވާހަކަ ދެއްކުމުން ވަގުތުން ކަންބޮޑުވުން ފައުޅުކޮށް ޤަރާރުތަކަށް ބަހުސްކުރާ ރައްޔިތުންގެ މަޖިލިސް ކޮބައިތޯއެވެ؟ މިވަރު ނުބައިކަން ބޮޑު ޢަމަލެއް ހިންގުމުން އަދިވެސް އެއްވެސް ބަހެއް ބުނިކަން އެނގޭކަށް ނެތެވެ. 

ރައީސް މައުމޫނާއި ދުންޔާ މައުމޫނާއި ޢާޒިމާ ޝުކޫރުގެ ބަހަކީ ކޮބައިކޮބާވައެވެ؟ އިސްލާމިކް މިނިސްޓްރީ އާއި ޖެންޑަރ މިނިސްޓްރީގެ ބަހަކީ ކޮބައިބާވައެވެ؟ އިސްލާމް ދީން ދޫކުރާ ދިވެހިންނަށް ދިވެހިރައްޔިތުންގެ ޙައްޤުދީގެން ރާއްޖޭގައި ގެންގުޅެން ކަންކަން ކުރަން އުޅެނީ މިބާވަތުގެ ކަންކަން ހުއްދަކުރަންތޯއެވެ؟ މި ސުވާލުތަކަށް ރައްޔިތުން ޖަވާބު ބޭނުންވެއެވެ؟ 

 

މިއަދު އޮންލައިން