ބޭނުންވާތަކެތި:
1 ލޮނުމިދު
2 އިންޗި ހުންނަވަރުގެ އިނގުރުކޮޅެއް
1 ސައިސަމުސާ އަސްލު މާމުއި
ލުނބޯކިބައެއްގެ ހުތް
ތައްޔާރުކުރާނެ ގޮތް:
ލޮނުމިދާއި އިނގުރުކޮޅު ތުނިކޮށް ގާނައިލާށެވެ. އަދި ރަނގަޅަށް ދެބާވަރް އެއްކޮށްލުމަށްފަހު މާމުއި ސަމުސާ އަޅައިލާށެވެ. އެއިގެ ތެރެއަށް ލުނބޯހުތް އަޅައި އެއްކޮށްލާށެވެ.
3 އިރު ނުވަތަ 2 އިރު ސައިސަމުސަލެއްގެ އެއްޗެތި ބޭނުންކުރާށެވެ. ނިދަމުން ބޭނުންކުރުން ވަރަށް މުހިންމެވެ.
މޭސާފުކޮށްދޭނެއެވެ. އަރިދަފުސް ފިލައި ނޭފަތުން ފޭބުންވެސް ހުއްޓޭނެއެވެ. އަރިދަފުސް ރޯގާގެ ސަބަބުން ހުން އައުމުންވެސް ސަލާމަތްވެވޭނެއެވެ.
މިއީ ކުޑަކުދިންނަށްވެސް ދެވިދާނެ ފަރުވާއެކެވެ. އުމުރާއި ގުޅޭގޮތަށް އަދަދު މަދުކޮށްގެންދޭށެވެ. ޝިފާ ލިބޭނެއެވެ! އިން ޝާ ﷲ
- ފަޒީގެ ތަޖުރިބާއިން