މީހަކަށް ހެޔޮއެދޭނަމަ ދޭންވީ ހަމައެކަނި ފައިސާއެއް ނޫނެވެ! ރަނގަޅު ނަޞޭޙަތުގެ ފައިދާ މާބޮޑުވާނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މީހަކަށް ހެޔޮއެދޭނަމަ ދޭންވީ ހަމައެކަނި ފައިސާއެއް ނޫނެވެ! ރަނގަޅު ނަޞޭޙަތުގެ ފައިދާ މާބޮޑުވާނެއެވެ!: މުފްތީ މެންކް

އިސްލާމް ދީނަކީ ނަޞޭހަތް ކަމަށް ބުނެވެނީ އެތައް ބައިވަރު ސަބަބުތައް އެކަމުގައި ހުރުމުންނެވެ! އެހެނީ މީހަކަށް ހެޔޮއެދޭނަމަ އެމީހެއްގެ ހަޔާތް އުފާވެރިކޮށްދޭން ބޭނުންވަނީ ހަމައެކަނި ފައިސާއެއް ނޫނެވެ. ފައިސާއިން މީހާ މަގުފުރެދިގެންވެސް ހިނގައިދާނެއެވެ. ވީމާ މީހަކަށް އެޔޮއެދޭނަމަ، އެމީހާއަށް އެހީތެރިވެދޭން ބޭނުންވަނީ ހަމައެކަނި ފައިސާ އެއް ނޫނެވެ. 

ކޮންމެ މީހަކީ އެހެން މީހުންނަށް އެހީތެރިވެދެވޭވަރަށް ފައިސާ އަތުގައި ހުންނާނެ މީހެއް ނޫނެވެ. ނަމަވެސް ކޮންމެ މީހަކީވެސް އެހެން މީހެއްގެ ހަޔާތަށް ރަނގަޅު ބަދަލުތަކެއް ގެނެސްދެވިދާނެ މީހެކެވެ. އެމީހެއްގެ އިޚްލާޞްތެރި ނަޞޭޙަތުންނެވެ. ދޭ ހިތްވަރުންނެވެ. އެމީހެއްގެ ހުންނަ އުނި ސިފަތައް ދައްކައިދީގެންނެވެ. ކުރިއަށް އަޅަންޖެހޭ ރަނގަޅު ފިޔަވަޅުތައް ބުނެދީގެންނެވެ. 

ކަން މިހެން އޮތް ނަމަވެސް ގިނަ ޢާއިލާތަކުގައި މިހާރު ގިނައީ އެކަކު އަނެކަކާ ވާހަކަ ނުދައްކާ މީހުންނެވެ. މީހަކު ފެނުމުން ކަމަކު ކިޔައިފާނެތީ ދުރަށް މޫނު އަނބުރައިލާ މީހުންނެވެ. ނުވަތަ ހިތުގައި އޮންނަ ހަސަދަވެރިކަމެއްގެ ސަބަބުން މޫނުދިމާކުރަން ބޭނުން ނުވާ މީހުންނެވެ. 

މީސްތަކުންނޭވެ! މީސްތަކުންނަށް ނަޞޭހަތެރިވުމަކީ އެންމެ މަތިވެރި ޞަދަޤާތުގެ ތެރެއިން ހިމެނޭ އަމަލެކެވެ. ހެޔޮ އަމަލުތައް ކުރަން ވާގިވެރިވެ ހިތްވަރު ދިނުމަކީވެސް ޞަދަޤާތެވެ. ކުރާ ނުބައި އަމަލުތައް ފާހަގަކޮށް އެފަދަ ކަންކަން ކުރުމުން ލިބޭނެ ގެއްލުން ބަޔާންކޮށްދީ ނުބައި އަމަލުތައް ކުރުމާއި ދުރުކުރުވަން މަސައްކަތްކުރުމަކީވެސް އެހައިމެ މަތިވެރި ޞަދަޤާތެކެވެ. މިއިން ކޮންމެ ކަމަކީވެސް އެކަމެއް ކުރުމުން ތިމާއަށް ވެސް ނުހަނު ފައިދާ ކުރާނެ ހެޔޮ އަމަލުތަކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން