ހަލުވި ސްޕީޑްތަކާއެކު އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑް މާމިގިއްޔަށް

ކިޔުމަށް ހޭދަވާނީ 1މ 35ސ
ހަލުވި ސްޕީޑްތަކާއެކު އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑް މާމިގިއްޔަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް އުރީދޫއިން އދ. މާމިގިއްޔަށް ތައާރަފްކޮށްފިއެވެ.

އުރީދޫގެ ޑައިރެކްޓާރ އޮފް ސޭލްސް އެންޑް ބްރޭންޑް ޙުސެއިން ނިޔާޒް ވިދާޅުވީ ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑުގެ އިންޓަނެޓް އެހީގައި، ހީވެސްނުކުރާފަދަ އިޤްތިސޯދީ އަދި އިޖުތިމާއީ ކުރިއެރުންތައް ފެންނަމުންދާ ކަމަށާއި އެގޮތުން އުރީދޫގެ އެންމެ މުހިންމު އެއް އަމާޒަކީ ދިވެހިރާއްޖެގެ ކޮންމެ ރަށަކަށްވެސް އަގުހެޔޮ ހަލުވިސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

"މިއަދު މާމިގިއްޔަށް އުރީދޫ ސުޕާނެޓް ތަޢާރަފްކޮށް ރަށުގެ ރައްޔިތުންނަށް މިފުރުސަތު ހުޅުވާލެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ނިޔާޒް ވިދާޅުވެފައިވެއެވެ.

އުރީދޫ ސުޕާނެޓް ޚިޔާރު ކުރައްވާ ފަރާތްތަކަށް ވަރަށް ޚާއްސަ އޮފަރ އެއްވެސް އެކުންފުނިން ވަނީ ތަޢާރަފްކޮށްފައެވެ. ހަމައެއާއެކު، މާމިގިލީގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެެނސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕާނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށް ވަނީ ހަމަޖައްސާފައެވެ.

އުރީދޫއިން ފޯރުކޮށްދީފައިވާ މިސުޕާނެޓް ބްރޯޑްބޭންޑް ޕެކޭޖުތަށް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހީންގެ މެދުގައި މަޤްބޫލު އެޕްލިކޭޝަންތަކުގެ ތެޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ.

މިޚިދުމަތްތަކާއެކު މާމިގިލީގެ ރައްޔިތުންނަށް މޭކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުން ކުރެވޭނެއެވެ. ސުޕާނެޓް ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫއިން ވަނީ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭނަކާއެކު ސުޕަނެޓް ރައުޓާރ ބައްލަވައި ގަތުމުގެ ފުރުސަތުވެސް ދީފައެވެ.

މިއަދު އޮންލައިން